އަންހެނެއްގެ އަތް ދަބަސް ފޭރިގަތް 3 އަންހެނުން ސޯޅަ މަސް ދުވަހަށް ޖަލަށްލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 32ސ
އަންހެނެއްގެ އަތް ދަބަސް ފޭރިގަތް 3 އަންހެނުން ސޯޅަ މަސް ދުވަހަށް ޖަލަށްލައިފި

އިނގިރޭސި ވިލާތުގެ މެންޗެސްޓަރގައި 19 އަންހެނަކަށް އަނިޔާކޮށް އޭނާގެ އަތް ދަބަސް ފޭރިގަނެގެން ފިލަން އުޅުނު 3 އަންހެނުން 16 މަސް ދުވަހާއި 12 މަސް ދުވަހާއި ދެމެދުގެ މުއްދަތަށް ޖަލަށް ލުމަށް ކޯޓުން ޙުކުމްކޮށްފިއެވެ.  

ފުލުހުން ބުނީ އެ 3 އަންހެނުންނަކީ ގޭނެގެއް ކަމަށެވެ. ފުލުހުންނަށް އާދެވުނު އިރު ޢާންމުންގެ ބައަކު ވަނީ 3 އަންހެނުން ހިފަހައްޓައިފައެވެ.  

އަނިޔާ ލިބުނު އަންހެން ކުއްޖާ ބުނީ އެންމެ ދެރަވީ ބޮލުގެ އިސްތަށިގަނޑުން ބައެއް އުފުރާލާފައިވާތީ ކަމަށެވެ. "އެ 3 އަންހެނުން އަހަރެން ބިންމައްޗަށް ވައޓާލުމަށްފަހު އިސްތްށިގަނޑުގަ ހިފައި ދެމީ."

މިއަދު އޮންލައިން