ލެފްޓިނެންޓް ފްލޭވިއޯ (31އ) ފައްޅީގައި އިންތިޒާރުކުރަމުން ދިއައީ ލޯބިވެރިޔާ ޖެސިކާ (30އ) ކައިވެނިކުރަން ފައްޅިއަށް އަންނާނެ ވަގުތަކަށެވެ. ގަޑިޖެހުނު އިރުވެސް ނައުމުން ކަންބޮޑުވެފައި ހުއްޓާ ޖެސިކާގެ ތިމާގެ މީހަކު އައިސް ބުނީ ޖެސިކާ ކުއްލިއަކަށް ބަލިވެއްޖެ ކަމަށާއި ބޭރުގައި ކާރުގައި އެބައިން ކަމަށެވެ.
ފްލޭވިއޯ ދުވެފައި ގޮސް ކާރު ދޮރުހުޅުވައި ލޯބިން މުޚާޠަބްކުރުމުން ބުނީ މައިބަދައިގައި ވަރަށް ގަދައަށް ރިއްސާ ކަމަށެވެ. ވަގުތުން ގެންދިއައީ ހޮސްޕިޓަލަށެވެ. ހޮސްޕިޓަލުން ވަގުތުން ގެންދިއައީ އޮޕަރޭޝަން ތިއޭޓަރަށެވެ. ސިޒޭރިއަން ހަދައި 29 ހަފްތާގެ އަނހެންކުއްޖަކު ވަނީ ނަގައިފައެވެ.
ޖެސިކާ މަރުވީއެވެ. ޑޮކްޓަރުން ބުނީ ޖެސިކާގެ ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށާއި ސިކުނޑި ވަނީ މަރުވެފައި ކަމަށެވެ. ވީމާ ފްލޭވިއޯއަށް ޖެސިކާ ގެއްލިގެން ދިއައީއެވެ. ލިބުނީ ދެމީހުންގެ ތުއްތު ދަރިފުޅެވެ.
މަރަކީ ކޮން ވަގުތަކު ވާނެ ކަމެއްކަން ހަމަ އެކަކަށްވެސް ނުއެނގޭނެއެވެ. އޮތީ އަބަދުވެސް މަރަށް ތައްޔާރުވެގެން ތިބުމެވެ. ކައިވެނީގެ ބޭރުން ޖިންސީ ގުޅުން ހިންގުމަކީ އިސްލާމް ދީނުގެ އިތުރުން ދުނިޔޭގެ އެއްވެސް ދީނެއްގައި ހުއްދަ ކަމެއް ނޫނެވެ.