އޫރިދޫން ކޯލްތަކާ ވައިބްރ އަދި ޓްވިޓަރ ހިލޭ ކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
އޫރިދޫން ކޯލްތަކާ ވައިބްރ އަދި ޓްވިޓަރ ހިލޭ ކޮށްފި

ރޭ މާލޭގައި ހިނގައި ދިއަ ބޮޑު އަލިފާނުގެ ޙާދިސާ އާއި ގުޅިގެން އުރީދޫގެ ނަމްބަރުތައް ބޭނުންކުރާ ކަސްޓަމަރުންނަށް ފޯނުކޯލާއި ވައިބަރ އަދި ޓްވިޓަރ މިއަދު ހިލޭކޮށްފިއެވެ.

އޫރިދޫގެ ބަޔާން:

ރޭގައި މާލޭގައި ހިނގި އަލިފާނުގެ ޙާދިސާގައި ފުރާނައެއް ގެއްލި އަދި އެތަކެއް ގެދޮރާއި މުދަލަށް ގެއްލުން ލިބުނު ޚަބަރު އަޅުގަނޑުމެން އެހީ ނުހަނު ފުން ހިތާމަޔާއި ހިތްދަތިކަމާ އެކީގައެވެ.

މިޙާދިސާގެ އަސަރުކޮށްފައިވާ ޢާއިލާތަކަށް މުވާޞަލާތުކުރުމުގައި އެހީތެރިވެދިނުމުގެ ގޮތުން މިއަދު އުރީދޫގެ ނަންބަރުތަކަށް ކުރެވޭ ހުރިހާ ކޯލެއް އެއްވެސް އިތުރު ޗާޖަކާނުލާ ކުރެވޭނެވާހަކަ ދަންނަވަމެވެ. މީގެ އިތުރުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތިއްބެވި ބޭފުޅުންނާ މުވާޞަލާތު ކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ވައިބަރ މެދުވެރިކޮށް ކޯލު އަދި މެސެޖު ކުރުމުގެ ޚިދުމަތްވެސް އެއްވެސް އިތުރު ޗާޖަކާނުލާ މިއަދު ލިބިވަޑައިގަންނަވާނެއެވެ.

މީސްމީޑިއާ މެދުވެރިކޮށް އުރީދޫ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޢާއްމު މަޢުލޫމާތު ލިބޭނޭގޮތް ފަހިކޮށްދިނުމުގެ ގޮތުން ޓްވިޓަރގެ ޚިދުމަތްވެސް މިއަދު މުޅިން ހިލޭ ލބިވަޑައިގަންނަވާނެއެވެ. ޙާލަތާއިގުޅޭ ކަށަވަރު މަޢުލޫމާތު ހޯދުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)، އަދި މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރސީ)ގެ މީސްމީޑިއާ އެކައުންޓްތަކަށް ފޮލޯ ކުރުމަށް އަޅުގަނޑުމެން އެދެމެވެ. ރޭގެ އަލިފާނުގެ ޙާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިވުމުގައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން އަޅުގަނޑުމެން ދެމިތިބޭނަމެވެ.

މިއަދު އޮންލައިން