އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު އުޅަނދުތައް ފުލުހުންގެ ބެލުމުގެ ދަށަށްގެންގޮސް ވެރިފަރާތް ހޯދަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 53ސ
އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު އުޅަނދުތައް ފުލުހުންގެ ބެލުމުގެ ދަށަށްގެންގޮސް ވެރިފަރާތް ހޯދަނީ!

ހ. ތިލަފުށި ގޭގައި ހުރި ގުދަނެއްގައި ރޯވެ ކައިރީ ހުރި ގެތަކަށް ފެތުރިގެންދިޔާ ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު އުޅަނދުތައް ފުލުހުންގެ ބެލުމުގެ ދަށަށްގެންގޮސް ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ އެނދި އަދި ގެއްލުން ލިބުނު އުޅަނދުތައް ބަލައި ތަހުގީގު ކުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށާއި އެ އުޅަނދުތައް އައިޑެންޓިފައިކޮށް ވެރިފަރާތްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

އަލިފާނުގެ މިހާދިސާ ހިނގިއިރު ހެންވޭރު އަބަދަށްފެހި މަގުގައި ގޭގޭގެ ދޮރުމައްޗަށް ވާގޮތަށް އެއްވެސް ހުސްތަންކޮޅެއް ނެތި ސައިކަލުތައް ހުރީ ޕާކުކޮށްފައެވެ.

މި ހާދިސާގައި ގިނައަދަދެއްހެ ސައިކަލު ވަނީ އަނދައި ބޭނުންނުކުރެވޭ ވަރަށް ގެއްލުން ލިބިފައެވެ.

 

މިއަދު އޮންލައިން