މިވަރުންދާނަމަ ހާޕިކަކީ ގޮވާ އެއްޗަކަށްވެ ގެންގުޅެނީ ޓެރަރިސްޓުން ކަމަށްވެސް ވެދާނެ!

އަހުމަދު
ކިޔުމަށް ހޭދަވާނީ 55ސ
މިވަރުންދާނަމަ ހާޕިކަކީ ގޮވާ އެއްޗަކަށްވެ ގެންގުޅެނީ ޓެރަރިސްޓުން ކަމަށްވެސް ވެދާނެ!

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރިމަތި ކުރި ސުވާލުތަކަށް ޖަވާބު ދެއްވަން އުނދަގޫފުޅުވުމުން ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ވިދާޅުވީ ފާޚާނާ ސާފުކުރަން ބޭނުން ކުރަނީވެސް ކެމިކަލް ކަމަށާއި ގެތަކުގައި އެފަދަ ތަކެތި ހުންނަ ކަމަށެވެ. 

މާރިޔާ މިމޭރުމުން ވިދާޅުވިއިރު ރާއްޖޭގެ ތާރީޚުގައިވެސް ގެއެއްގައި ހުރި ފާޚާނާ ސާފުކުރާ ފުޅިއެއް ގޮވައިގެން އަލިފާނުގެ ހާދިސާއެއް ހިނގިކަން އެނގޭކަށް ނެތެވެ. 

ޑިފެންސް މިނިސްޓަރު މިފަދަ މިސާލު ދައްކަވާނަމަ އޮތް ބިރަކީ ފާޚާނާ ސާފުކުރާ ތަކެއްޗަކީ ގޮވާތަކެއްޗަށްވެ ގެންގުޅެނީ ޓެރަރިސްޓުން ކަމުގައިވެސް ހަދައިފާނެ ކަމުގެ ބިރުކަމަށް ގިނަ ބައަކު ދަނީ ބުނަމުންނެވެ. 

މިއަދުބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުށްވެރިވީ ޤާނޫނެއް ނެތުމެވެ. ނޫސްވެރިން ވަނީ ސަރުކާރުން ފާސްކުރަން ބޭނުންވާ ބިލްތައް ވަގުތުން ފާސްކުރަމުން ގެންދާއިރު ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމާއި ގުޅުންހުރި މިހައި މުހިންމު ބިލެއް ފާސްނުކޮށް ލަސްކުރި ސަބަބު އޮޅުންފިލުވަން ސުވާލުތައް ކޮށްފައެވެ.  

މިއަދު އޮންލައިން