މާފުށީ ޖަލަށް ގިނަ އަދަދެއްގެ ސާމާނު ވައްދަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 59ސ
މާފުށީ ޖަލަށް ގިނަ އަދަދެއްގެ ސާމާނު ވައްދަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި

މާފުށީ ޖަލަށް ގިނަ އަދަދެއްގެ ސާމާނު ވައްދަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

  ރޭ މާފުށީ ޖަލަށް ގިނަ އަދަދެއްގެ ސާމާނު ވައްދަން އުޅޭ ކަމުގެ މައުލޫމާތާ ގުލިގެން ފުލުހުން ނާއި ކޮރެކްޝަނަލް ސާވިސް އާ ގުލިގެން ހިންގި އޮޕްރޭޝަންގައި  ހައްޔަރުކުރި މީހުންގެ އަތުން ފެނިފައިވަނީ 

  72 ފޯނާއި ހަތް ސިމް ކާޑާއި 62 ޗާޖަރާއި 39 ޔޫއެސްބީ ޑްރައިވް އާއި 22 ހެޑްސެޓާއި 5 އެޑަޕްޓަރުގެ އިރުން ނިޔަފަތި ކަނޑާ 5 ދައްޗާއި ސުޕަ ގްލޫ 5 ފުޅި 2 ސްވީންގކިޓް އާއި 5 ކަތުރުއާއި 3 ކުޑަ ވަޅި އާއި 2 ދަޅު ފެމް އާއި 2 ކަޓަރު ތިލަ ފޮއްޓާއި އައޮޑިން ލޮނު  2 ޕެކެޓްތަކަކާއި 4 ލޯގަނޑުއާއި  12 ދުނިކީސްތިލައާއި 5ސަމުސާ 5 އޫ ވަނީ އަތުލައިގެންފަ އެވެ.

 

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ 21 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ ފިރިހެނެކެވެ.

މާފުށީ މެޖިސްޓްރޭޓް ކޯޓާ ހަވާލާދީ ފުލުހުން ބުނީ، 21 އަހަރުގެ ފިރިހެން މީހާ ތަހުގީގަށް ބަންދުގައި ބަހައްޓަން 10 ދުވަސް ދީފައިވާ ކަމަށެވެ. އަދި 26 އަހަރުގެ ފިރިހެން މީހާގެ ބަންދަށް 15 ދުވަސް ވަނީ ދީފަ އެވެ.

 

މިއަދު އޮންލައިން