ތޭރަ އަހަރުން ދަށުގެ ކުދިންނަށް ޚާއްސަކޮށްގެން ސްކޫލްތަކުގެ މެދުގައި ފުޓްބޯޅަ މުބާރާތެއް ބާއްވަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ތޭރަ އަހަރުން ދަށުގެ ކުދިންނަށް ޚާއްސަކޮށްގެން ސްކޫލްތަކުގެ މެދުގައި ފުޓްބޯޅަ މުބާރާތެއް ބާއްވަނީ!

ޓޫރިޒަމް މިނިސްޓްރީން އިސްނަގައިގެން 13 އަހަރުން ދަށުގެ ކުދިންނަށް ހާއްސަކޮށްގެން ސްކޫލްތަކުގެ މެދުގައި ފުޓްބޯޅަ މުބާރާތެއް ބާއްވަންނިންމަވައިފިއެވެ.

އަންނަ މަހު ދެ ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ޓޫރިޒަމް ދުވަހާ ގުޅުވައިގެން ޓޫރިޒަމް މިނިސްޓްރީން ކުރިއަށް ގެންދާ މި ހަރަކާތުގައި ޔޫތު މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީ އަދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ބައިވެރިވެއެވެ.

މުބާރާތުގެ މެޗުތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ހެންވޭރު ދަނޑުގައެވެ. ނޮކައުޓް ސިސްޓަމަށް ކުރިއަށްދާ މި މުބާރާތުގައި އެންމެ ފުރަތަމަ ކުރިއަށްދާނީ 17 ޓީމު ވާދަކުރާ ބުރެވެ.

މި މުބާރާތުގެ ގުރުއަތުލުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އަލީ އަޝްފާގު (ދަގަނޑޭ) އާއި ތަޖުރިބާކާރު ގޯލްކީޕަރު އިމްރާން މުހައްމަދާ އެކުއެވެ. މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީގެ އިތުރުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ބައިވެރިވެވަޑައިގަތެވެ. 

 

 

 

ޓޫރިޒަމް މިނިސްޓްރީން އިސްނަގައިގެން ފުރުސަތުތަކެއް ފަހިކޮށްދިނުމަށް، 13 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ސްކޫލްތަކުގެ މެދުގައި ފުޓްބޯޅަ މުބާރާތެއް ބާއްވަން ތާވަލުކޮށްފި އެވެ.

މިއަދު އޮންލައިން