އެންމެ އަނިޔާވެރިގޮތުގައި ކަޝްމީރުގެ މުސްލިމުން މަރަމުން ގެންދަނީ ހިޓްލަރުގެ އަމުރަށް ކަމަށް ބުނެ އެމެރިކާގައި މުޒާހަރާކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
އެންމެ އަނިޔާވެރިގޮތުގައި ކަޝްމީރުގެ މުސްލިމުން މަރަމުން ގެންދަނީ ހިޓްލަރުގެ އަމުރަށް ކަމަށް ބުނެ އެމެރިކާގައި މުޒާހަރާކޮށްފި

އަނިޔާވެރިގޮތުގައި ކަޝްމީރުގެ މުސްލިމުން މަރަމުން ގެންދަނީ ހިޓްލަރުގެ އަމުރަށް ކަމަށް ބުނެ އެމެރިކާގައި މުޒާހަރާކޮށްފި އެވެ. 

އެމެރިކާގެ ޓެކްސަސްގެ ހައުސްޓަންގައި ގިނަ ބައަކު އެއްވެ މުޒާހަރާ ކުރީ އެ ސަރަހައްދުގައި ސްޓޭޑިއަމެއްގައި އެމރިކާގެ ރައީސް ޓްރަމްޕާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ ބައިވެރިވި ރެލީއެއް ކުރިއަށް ގެންދިއައިރު އެ ސަރަހައްދުގައެވެ. 

މުޒާހަރާގެ ބައިވެރިން ގޮވަމުން ގެންދިއައީ ކަޝްމީރުގެ މުސްލިމުންނާއި ދެކޮޅަށް ހިންގަމުން ގެންދަނީ ހަނގުރާމައިގެ ޖަރީމާތަކެއް ކަމަށާއި އެ މައްސަލަތައް ބައިނަލްއަޤްވާމީ މިފަދަ މައްސަލަތައް ބަލާ ކޯޓުތަކުން ބަލައި ފިޔަވަޅުއަޅަން ޖެހޭނެ ކަމަށެވެ. 

ކަޝްމީރުގެ މުސްލިމުން މަރަން ހަނގުރާމަވެރި ޖަރީމާތައް ހިންގަމުންދާއިރު ބައިނަލްއަޤްވާމީ މުޖުތަމައުން އަޅާނުލައި ތިބޭތިބުން ވެސް މުޒާހަރާގެ ބައިވެރިން ވަނީ ކުށްވެރިކޮށްފައެވެ. 

މިއަދު އޮންލައިން