ކަޝްމީރުގަ އިންސާނުންގެ ލޯ ކޮނުމާ ދޫކެނޑުމާ ޖެހުމުން ބުރައިގެންދާ ވަޒަނުން މީހުން މެރުން ފަދަ ކަންކަން އަހަރެމެން ޤަބޫލެއް ނުކުރަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ކަޝްމީރުގަ އިންސާނުންގެ ލޯ ކޮނުމާ ދޫކެނޑުމާ ޖެހުމުން ބުރައިގެންދާ ވަޒަނުން މީހުން މެރުން ފަދަ ކަންކަން އަހަރެމެން ޤަބޫލެއް ނުކުރަން!

"އިންޑިއާގެ ކަޝްމީރުފަޅީގައި އިންސާނުންގެ ލޯ ކޮނުމާއި ދޫކެނޑުމާއި ގޮވައި ބުރައިގެންދާ ވަޒަން ޖަހައި މީހުން މެރުން ފަދަ ކަންކަން އަހަރެމެން ޤަބޫލެއް ނުކުރަން" ކަމަށް ބުނެ އެމެރިކާގައި ދިރިއުޅޭ ވަރަށް ގިނަ އަދަދެއްގެ އިންޑިއާ މީހުން ބޮޑުވަޒީރު މޯދީ އާއި ދެކޮޅަށް މަގުތަކަށް ނުކުމެއްޖެއެވެ. 

ބޮޑުވަޒީރު މޯދީއަކީ ހިޓްލަރަށް ވުރެވެސް ބޮޑު އަނިޔާވެރިއެއް ކަމަށް ސިފަކުރަމުން ބައެއް މީހުން ބުނީ ސިފައިން ބޭނުންވާއިރަށް ބޭނުންވާހައި ދުވަހަކު މަގުތައް ބަންދުކުރުމުން އެތައް ސަތޭކަ ބައަކު މިހާރުވެސް މަރުވެފައިވާ ކަމަށެވެ. "އެގޮތަށް އެކަންތައް ކުރީމާ ކިޑްނީ ބަލީގެ މީހުންނަށް ބޭނުންވާ ޑައިލިސިސް އެއް ނުހެދޭ. ހަކުރު ބަލީގެ މީހުންނަށް ބޭނުންވާ އިންސުލިންއެއް ނުލިބޭ. ހޮސްޕިޓަލްތަކަށް އެޑްމިޓްކޮށްފައި ތިބި ނަމަވެސް ލޭ އަޅަންޖެހޭ ޙާލަތްތަކުގައި ޑޯނަރުންނެއް ނުލިބޭ. މިއީ ޤަޞްދުގައި ވަރަށް ބޮޑަށް ރާވައިގެން ކަޝްމީރުގެ މުސްލިމުން މަރައި ހުސްކުރަން ހިންގާ ވަރަށް ބޮޑު ޖަރީމާއެއް!" 

"ގޭގަ ތިއްބައި ބަޑިޖަހައި މެރުމުން ޖަނާޒާގެ ކަންކަން ފުރިހަމަ ކުރެވޭނެ ގޮތެއް ނެތިގެން ގޭގެ ފުރަގަހުގަ އެބަ ވަޅުލަންޖެހޭ. މިއީ އެއްވެސް މުސްލިމަކަށް ކުރިމަތިލަން ޖެހިގެންވާނެ ޙާލަތެއް ނޫން. މިއަސްވުރެ ބޮޑުއަނިޔާއެއް އެއްވެސް މުސްލިމަކަށް ބުކުރެވޭނެ." ކަމަށް މުޒާހަރާގައި ބައިވެރިއަކު ބުނެފައިވެއެވެ. 

މިއަދު އޮންލައިން