ބޮޑު އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ޤަޞްދުގަ ބައަކު ކުރިކަމެއްގެ ސަބަބުން ކަމަށް އަދި ބެލެވޭކަށް ނެތް: ފުލުހުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ބޮޑު އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ޤަޞްދުގަ ބައަކު ކުރިކަމެއްގެ ސަބަބުން ކަމަށް އަދި ބެލެވޭކަށް ނެތް: ފުލުހުން

ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ޤަޞްދުގައި ބައަކު ކުރިކަމެއްގެ ސަބަބުން ކަމަށް އަދި ބެލެވެން ނެތް ކަމަށް ފުލުހުން ފުލުހުން ބުނެފިއެވެ. 

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެޑް އޮފް ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޔުނިޓް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ ސަރަހައްދުގެ 2 ގެ އަކުން ސީސީޓީވީގެ ފުޓޭޖް ލިބިފައިވާ ކަމަށާއި ފުޓޭޖް ވަރަށް ބޮޑަށް ދިރާސާކުރަމުން އަންނަ ކަމަށެވެ. އަދި މިހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި މިހައިތަނަށް ހޯދިފައިވާ މައުލޫމާތަށް ބަލާއިރު އެއީ ޓެރަރިސްޓް ހަމަލާއެއް ކަމަށް ބެލެވެން ނެތް ކަމަށެވެ. 

މައްސަލައިގެ ތަޙްޤީޤް ވީހައި ފުޅައުދާއިރާއެއްގައި ކުރިއަށް ގެންދާނެ ކަމަށާއި ތަޙްޤީޤަށް ބޭރުގެ އެހީތެރިކަން ހޯދަން ޕޮލިސީ ލެވެލްގައި މަޝްވަރާ ކުރަމުން އަންނަ ކަމަށްވެސް މިއަދުގެ ބައްދަލުވުމުގައި ވަނީ ބުނެފައެވެ.

ފުލުހުންނާއި ސިފައިންގެ ތަޙްޤީޤްތައް ފުރިހަމަ ނުކުރަނީސް އެމްޑީޕީއަށް ނިޞްބަތްވާ ބައެއް މެންބަރުން ވަނީ އެއީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ތުހުމަތުކޮށް މަޖިލީހުގައި ވާހަކަދައްކައިފައެވެ.

 

 

މިއަދު އޮންލައިން