ރައީސް ޔާމީންގެ ޝަރީޢަތް: ޔާމީންގެ ދިފާއުގައި ހެކިބަސް ދިނުމަށް އަޒީމާ ދެކޮޅު ހައްދަވައިފި!

ކިޔުމަށް ހޭދަވާނީ 1މ 14ސ
ރައީސް ޔާމީންގެ ޝަރީޢަތް: ޔާމީންގެ ދިފާއުގައި ހެކިބަސް ދިނުމަށް އަޒީމާ ދެކޮޅު ހައްދަވައިފި!

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައިވާ މަނީ ލޯންޑްރިން މައްސަލައިގެ ފަސްވަނަ އަޑުއެހުން މިއަދު ހެނދުނު ކްރިމިނަލް ކޯޓުގައި ފެށިގެން ކުރިއަށް އެބަދެއެވެ.

 

10:25: މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި އޮތީ ދިފާއީ ހެކިންގެ ހެކިބަސް ނެގުމާއި، ވީޑިއޯ ބަޔާނެއް ހެކީގެ ގޮތުގައި ކޯޓު ރޫމުގައި ދެއްކުމާ މެދު ގޮތެއް ނިންމުމުގެ މައްސަލަ.

 

10:26: އަޑުއެހުން ފައްޓަވަމުން ގާޒީ އަހްމަދު ހައިލަމް ވިދާޅުވީ ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ އަޒީމާ އާދަމަށް ހާޒިރުވެވެން ނެތް ކަމަށް އަންގަވާފައިވާ ކަމަށް. އަޒީމާ އަކީ އެމްއެމްއޭގެ ކުރީގެ ގަވަރުނަރު. އޭނާއަށް ކޯޓަށް ހާޒިރުވެވެން ނެތީ ރާއްޖެއިން ބޭރުގައި ވަޒީފާ އަދާ ކުރަމުން ދާތީ ކަމަށް ބަޔާން ކުރާ ސިޓީއެއް ކޯޓަށް ވަނީ ފޮނުއްވާފައި

 

10:28: އެއާއެކު ގާޒީ ހައިލަމް ނިންމެވީ ކޯޓަށް ހާޒިރުވުމުގެ ޗިޓު އަޒީމާއަށް އިތުރަށް ނުފޮނުވުމަށާއި، ހެއްކެއްގެ ގޮތުގައި އަޒީމާ ކޯޓަށް ހާޒިރު ނުކުރެއްވުމަށް

 

10:30: މިހާރު ކޯޓުގައި މަޝްވަރާ ކުރަމުން ދަނީ އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ ފުލުހުންނަށް ދެއްވި ބަޔާނުގެ ވީޑިއޯ ހެކީގެ ގޮތުގައި ކޯޓުގައި ދެއްކުމާ މެދު ކުރެވޭ މަޝްވަރާ. އެގޮތުން ގާޒީ ހައިލަމް ނިންމެވީ ލުތުފީ ފުލުހުންނަށް ދެއްވި ބަޔާނުގެ ރިކޯޑިން ބެލުމަށް.

 

10:43: ދައުލަތުގެ ފަރާތުން ކިތާބީ ހެކި ހުށަހަޅަމުން ދަނީ. ކިޔާބީ ހެކި ހުށަހެޅީ ސީނިއާ ޕަބްލިކް ޕްރޮސެކިއުޓާ އައިޝަތު މުހައްމަދު

 

ތަފްސީލު އަންނަނީ..

މިއަދު އޮންލައިން