10:44: ކިތާބީ ހެކީގެ ގޮތުގައި ޔާމީން ފުލުހުންނަށް ދެއްވާފައިވާ ބަޔާނާއި، އެއް މިލިއަން ޑޮލަރު ބަހައްޓަން އެކްސްކްރޯ އެކައުންޓް ހުޅުވަން އޭސީސީ އާއި ރައީސް ޔާމީނާ ދެމެދު ހަދާފައިވާ އެއްބަސްވުން ހިމެނޭ
10:49: ޔާމީނުގެ އެކައުންޓަށް އެސްއޯއެފް ކުންފުނިން ޖަމާކުރި ފައިސާއަކީ އެމްއެމްޕީއާރްސީގެ ފައިސާކަން ސާބިތުކުރުމަށް އެކަމާ ގުޅޭ އޮޑިޓް ރިޕޯޓު ވެސް ހުށަހަޅައިފި
10:51: ޔާމީންގެ މައްޗަށް މަނީ ލޯންޑާ ކުރުމުގެ ދައުވާ ކޮށްފައި ވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފް ކުންފުނީގެ އެކައުންޓަކުން އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަ ފޮނުވި އެއް މިލިއަން ޑޮލަރުން މަންފާ ހޯދައި، މަނީ ލޯންޑާ ކުރި ކަމުގެ ތުހުމަތުގައި
10:53: އެ ކުށް ސާބިތުވެއްޖެ ނަމަ ފަސް އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެ
10:54: ދިފާއުގައި ކިތާބީ ހެކި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި. ދިފާއީ ހެކީގެ ގޮތުގައި ހުށަހަޅާފައި ވަނީ އެމްއެމްއޭގެ ބަޔާނެއް
11:19: ދިފާއުން ބުނީ އެސްއޯއެފުން ފުރަތަމަ 500 މިލިއަން ޑޮލަރު ޔާމީނުގެ އެކައުންޓަށް ޖަމާ ކުރިއިރު، އެ އެކައުންޓުގައި 1.8 މިލިއަން ޑޮލަރު ހުރި ކަމަށާއި، ދެވަނަ 500 މިލިއަން ޑޮލަރު ޖަމާކުރި އިރު ވެސް 1.3 މިލިއަން ޑޮލަރު ހުރި ކަމަށް
11:21: ސިވިލް ކޯޓުގެ ހުކުމަކަށް ރިއާޔަތްކޮށް ދިފާއުން ބުނީ އެސްއޯއެފް އާއި އެމްއެމްޕީއާރްސީއާ ދެމެދު ސައްހަ 10 މިލިއަން ޑޮލަރުގެ މުއާމަލާތް ހިންގާފައިވާކަން އެނގޭ ކަމަށް
11:22: އޭގެ އިތުރުން އެސްއޯއެފުން ކުރި ހުރިހާ މުއާމަލާތްތަކަކީ ގާނޫނާ ހިލާފު މުއާމަލާތް ކަމަށް އެއްވެސް ކޯޓަކުން ކަނޑައަޅާފައި ނުވާކަން ވަނީ ފާހަގަކޮށްފައި