އުރީދޫއިން ޕްރީޕެއިޑް ކަސްޓަމަރުންނަށް ވަރަށް ޚާއްސަ ޕެކޭޖްތަކެއް!

ކިޔުމަށް ހޭދަވާނީ 2މ 8ސ
އުރީދޫއިން ޕްރީޕެއިޑް ކަސްޓަމަރުންނަށް ވަރަށް ޚާއްސަ ޕެކޭޖްތަކެއް!

އުރީދޫއިން ޕްރީޕެއިޑް ކަސްޓަމަރުންނަށް ވަރަށް ޚާއްސަ ޕެކޭޖްތަކެއް ތައާރަފްކޮށްފިއެވެ. އެގޮތުން އެންމެ 20 ރުފިޔާއަށް އަންލިމިޓެޑް ކޯލާއި 1 ޖީބީ ޑޭޓާ، އަދި އަންލިމިޓެޑް ކޯލިންގ ޕެކްސް އަދި ކޮމްބޯ ޕެކްސް ލިބޭނެ ކަމަށް އުރީދޫއިން ބުނެފައިވެއެވެ.

ކަސްޓަމަރުންނަށް ޚާއްސަކޮށް، އުރީދޫ މެދުވެރިކޮށް ކުރެވޭ އިންޓަރނެޓްގެ ތަޖުރިބާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ވަރަށް ޚާއްސަ 4 އޮފަރ އެއް އުރީދޫއިން ވަނީ ތަޢާރަފް ކޮށްފައެވެ.

ޕްރީޕެއިޑް އަދި މިކްސް ކަސްޓަމަރުންނަށް އަލަށް ތައާރަފްކުރެވިފައިވާ ވޮއިސް ޕެކްގެ އިތުރުން އަންލިމިޓެޑް ކޯލްސް، އިތުރު ލޯކަލް މިނެޓް އަދި އިތުރު ޑޭޓާ އެލޮވެންސް ހިމެނޭ ކޮމްބޯ ޕެކް މިހާރު ބޭނުންކުރެވޭނެ ކަމަށް ވެސް އުރީދޫއިން ބުނެފައިވެއެވެ.

އެނގިފައިވާ ގޮތުގައި އުރީދޫ ނަމްބަރުތަކަށް ގުޅުމަށް ޚާއްސަ "އަންލިމިޓެޑް ވޮއިސް ޕެކްސް" އެކްޓިވޭޓް ކުރުމަށް #3*929* އަށް ގުޅުއްވުމުން އެކްޓިވޭޓް ވާނެއެވެ. މި ޕެކޭޖްގެ ދަށުން ދުވާލަކަށް 15 ރުފިޔާ ހޭދަކޮށްލައިގެން އުރީދޫ ނަންބަރުތަކަށް ހިލޭ ގުޅޭނެއެވެ. އަދި ހަފްތާއަކަށް 75 ރުފިޔާ އަށް އުރީދޫ ހުރިހާ ނަންބަރަކަށް ހިލޭ ގުޅޭނެއެވެ. މި ޕެކޭޖް މަހަކަށް ނަންގަވާނަމަ އަގަކީ 200 ރުފިޔާއެވެ.

މީގެއިތުރުން އުރީދޫ އަދި ރާއްޖޭގެ އެހެނިހެން ނަންބަރުތަކަށް ގުޅުމަށް ޚާއްސަ "ލޯކަލް މިނެޓްސް ޕެކްސް" އެކްޓިވޭޓްކުރުމަށް ގުޅަން ޖެހެނީ #3*929* ގުޅާށެވެ. މި ޕެކޭޖުގެ ދަށުން ދުވާލަކަު 15 ރުފިޔާ ޚަރަދުކޮށްގެން ހިލޭ 30 މިނެޓް ލިބޭނެއެވެ. އަދި ހަފުތާއަކަށް 75 ރުފިޔާ ހޭދަކޮށްގެން 150 މިނެޓު ލިބެއެވެ. އަދި މަހަކަށް 250 ރުފިޔާ ހޭދަކުރުމުން 500 މިނެޓް ލިބޭނެއެވެ.

އުރީދޫއިން ތަޢާރަފު ކުރި ކޮމްބޯ ޕެކްސް އެކްޓިވޭޓުކުރުމަށްވެސް ގުޅަން ޖެހެނީ #3*929* އަށެވެ. މި ޕެކޭޖްގެ ދަށުން ޑެއިލީ ކޮމްބޯ ނެގުމަށް 30 ރުފިޔާ ހޭދަކުރުމުން، އުރީދޫ ނަންބަރުތަކަށް ގުޅުމަށް 250 މިނެޓު އަދި 250 އެމްބީ ޑޭޓާ ލިބެއެވެ. އަދި 150 ރުފިޔާ ހޭދަކޮށް ވީކްލީ ކޮމްބޯ ނެގުމުން އުރީދޫ ނަމްބަރުތަކަށް ގުޅުމަށް 500 މިނަޓު އަދި 500 އެމްބީ ލިބޭނެ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

މީގެ އިތުރުން އުރީދޫން ވަނީ "ހެޕީ އަވަރ" ގެ ނަމުގައި ވަރަށް ޚާއްސަ ޕްރޮމޯޝަނަލް އޮފަރއެއް ކަސްޓަމަރުންނަށް ހުޅުވާލާފައެވެ. އެގޮތުން ކޮންމެ ދުވަހަކު ފަތިހު 5 އިން ހަވީރު 5 އަށް އުރީދޫ ނަމްބަރުތަކަށް އަންލިމިޓެޑް ކޯލްސް އަދި 1 ޖީބީ ޑޭޓާ އެންމެ 20 ރުފިޔާއަށް ލިބިގެންދާނެކަމަށްވެސް އުރީދޫއިން ބުނެއެވެ. މި ޕެކޭޖް އެކްޓިވޭޓް ކުރުމަށް #1*1*929* އަށް ގުޅާލުމުން މިހާރުވެސް އެކްޓިވް ވާނޭކަމަށް އުރީދުން މައުލޫމާތުދެއެވެ.

މި ޕްރޮމޯޝަން ކުރިޔަށް ދާނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

 

މިއަދު އޮންލައިން