ހައްދު ފަހަނައަޅާފައިވާ ޔަހޫދީ ސިފައިން ހުކުރު ދުވަސް ފެށީ އަޤްޞާގެ ދޮރާށިތެރޭގަ ހުރި ފަލަސްޠީނުގެ ކުޑަކުއްޖެއްގެ ބަޑިޖެހުމުންނެވެ. ފަލަސްޠީނުގެ ރައްޔިތުންނަށް ހުކުރު ދުވަސް ފެށުނީ ބަޑިޖެހުމުން ކުއްޖާ ރުއި ރުއިމުގެ ވޭނީ އަޑުންނެވެ.
ފަލސްޠީނުގެ ކުޑަކުދިންނާއި ރައްޔިތުން ކޮންމެ ދުވަހަކު ރޯރުއިމުގެ އަޑު އިވޭ މުސްލިމް ލީޑަރަކު ނެތެވެ. މިޙާލަތުގައިވެސް މިފަދަ މައްސަލަތަކަށް ޙައްލެއް ހޯދަން ކަމެއް ކުރެވޭނެ މިސްލިމް ލީޑަރުންގެ ކަންފަތްތައް އަދިވެސް ވަނީ ބީރުވެފައެވެ.
ހައްދުފަހަނައަޅާފައިވާ ޔަހޫދީ ސިފައިންގެ އަނިޔާވެރިކަމުން ފަލސްޠީނުގެ ކުޑަކުދިންނާއި އަންހެނުންނާއި ރައްޔިތުން ސަލާމަތްކޮށްދެއްވެވުން ގިނަގިނައިން ދުޢާ ކުރައްވާށެވެ! އެއީ ކޮންމެ މުސްލިމަކަށްވެސް ކުރެވިދާނެ ކަމެކެވެ.
A child has just been shot by Israeli occupation forces at one of the gates of Al Aqsa mosque. pic.twitter.com/WBZ08tGRdx
— TIMES OF GAZA (@Timesofgaza) September 26, 2019