ނިލަންދޫ ޓީމުގެ އޮފިޝަލުންނާ ބައްދަލުކުރަން ބަށިބޯޅަ އެސޯސިއޭޝަނުން ބޭނުމެއް ނުވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ނިލަންދޫ ޓީމުގެ އޮފިޝަލުންނާ ބައްދަލުކުރަން ބަށިބޯޅަ އެސޯސިއޭޝަނުން ބޭނުމެއް ނުވޭ!

ބަށިބޯލް އެސޯސިއޭޝަނުން މިއަދު ކުޅެން ހަމަޖައްސާފައި އޮތް ފައިނަލް މެޗް ހުއްޓުވުމުގެ އަމުރު ހިފައިގެން ދާންދޫއަށް ދިއުމުން ވެސް ބަށިބޯލް އެސޯސިއޭޝަންގެ ރައީސާ ނިލަންދޫ ޓީމުގެ އޮފިޝަލުންނާއި ބައްދަލުކޮށް މަޝްވަރާ ކުރަން އަދިވެސް ބޭނުން ނުވާ ކަމަށާއި ބޭނުންވަނީ ކޯޓު އަމުރު ހޯދި ފަރާތުން ކޯޓަށް ގޮސް ކޯޓު އަމުރު އަނބުރާ ނަންގުވަން ކަމަށް މިއަދުނޫހަށް މައުލޫމާތު ލިބިއްޖެއެވެ.

 

މައުލޫމާތު ދިން ފަރާތުން ބުނީ އެއްވެސް ޓީމެއް މޮޅުވެ ފައިނަލަށް ދިއުމުން އެކަން އިއުލާނު ކުރުމަށްފަހު ފައިނަލުން ކުއްލިކުއްލިއަށް ކަޓާކަން އެނގިފައި ނުވާ ކަމަށެވެ. "ދެން މިވާ ގޮތަކީ މުބާރާތުގެ ޤަވާއިދު އޮންނަނީ ޝިޔާމާގެ އުނގުގަ. އެއީ އަހަރެމެންނަށް އެނގޭ އެއްޗެއް ނޫން."

 

ކުޅިވަރު އެސޯސިއޭޝަންތަކުން މުބާރާތްތައް ބާއްވަނީ އެކުވެރިކަން އާލާ ކުރުވުމުގެ ނަމުގައެވެ. ނަމަވެސް ކުއްލިކުއްލިއަށް ކަންކަން ބަދަލުކުރުމުން ފެންނަމުން މިދަނީ ބައިވެރިންގެ މެދުގައި ފިތުނަ އުފެދި ރަށްރަށް ފިތުނަވެރިވެގެންދާތަނެވެ.

 

 

މިއަދު އޮންލައިން