އުރީދޫ އިން ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެގޮތުން ކަސްޓަމަރުންނަށް ހަދިޔާ އަކަށް ދިނީ ބޮނޑިއެއް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 46ސ
އުރީދޫ އިން ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެގޮތުން ކަސްޓަމަރުންނަށް ހަދިޔާ އަކަށް ދިނީ ބޮނޑިއެއް!

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ޓޫރިޒަމް މިނިސްޓްރީން ކުރިއަށްގެންދާ ނުވަ ދުވަހުގެ ހަރަކާތްތަކުގައި އުރީދޫ މޯލްޑިވްސް އިން ބައިވެރިވުމުގެ ގޮތުން ކަސްޓަމަރުންނަށް ހަދިޔާ އަކަށް ދިވެހި ފޮނި ކާއެއްޗެއް ކަމަށްވާ ބޮނޑި ބަހައިފިއެވެ.

މިކަމާގުޅިގެން ރާއްޖޭގެ މުއާސަލާތީ ޚިދުމަތުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކުންފުނި، އުރީދޫ އިން ބުނީ މި އަހަރުގެ ޓޫރިޒަމް ދުވަސް ކުލަގަދަކޮށް ފާހަގަ ކުރާއިރު އުރީދޫ އިން ވެސް ތަފާތުކޮށް މި ހަރަކާތުގައި ބައިވެރިވީ ކަމަށާއި ހުޅުލޭގައި ހުންނަ އުރީދޫ އެކްސްޕީރިއަންސް ސެންޓަރުގެ މުވައްޒަފުން އިއްޔެ އޮފީހަށް ނިކުތީވެސް ދިވެހި ހެދުމުގައިކަމަށެވެ.

ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ޓޫރިޒަމް މިނިސްޓްރީން ކުރިއަށްގެންދާ ހަރަކާތްތަކުގެ ޑިޖިޓަލް ޕާޓްނަރަކީ ވެސް އުރީދޫ އެވެ.

މި ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ފެށީ ވ. އަތޮޅުގައި ބޭއްވި ޖަޒީރާ ކެނޯ ރޭހުންނެވެ.

 

 

މިއަދު އޮންލައިން