ދަރުމަވަންތަ ހޮސްޕިޓަލުގައި އަންހެނުންނާއި ފިރިހެނުންނަށް ވަކިން ނަމާދު ކުރެވޭނެ ގޮތަށް ދެކޮޓަރި ހަދައިފިއެވެ.
މިކަމާގުޅިގެން އައިޖީއެމްއެޗުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި އަންހެނުންނާއި ފިރިހެނުންނަށް ވަކިން ނަމާދު ކުރެވޭނެ ގޮތަށް ހުޅުވި ދެ ނަމާދު ކޮޓަރި ހުންނާނީ ދަރުމަވަންތަ ކޮމްޕްލެސްގެ ފަސް ވަނަ ފަންގިފިލާގައި ކަމަށެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގައި ނަމާދު ކުރެވޭނެ ގޮތް ހަމަޖާއްސާފައިވާއިރު ޖަމާއަތުގައި ނަމާދުކުރާ އައި އައިޖީއެމްއެޗުގެ މިސްކިތް ވަނީ ވަގުތީގޮތުން ބަންދުކޮށްފައެވެ.