މޫދަށް އެއްލާލި ޕާރުސަލަކާމެދު ޝައްކުވެގެން ފުލުހުންނަށް ރިޕޯޓުކޮށް ބެލިއިރު، ފެނުނީ ފޮތެއް!

ކިޔުމަށް ހޭދަވާނީ 45ސ
މޫދަށް އެއްލާލި ޕާރުސަލަކާމެދު ޝައްކުވެގެން ފުލުހުންނަށް ރިޕޯޓުކޮށް ބެލިއިރު، ފެނުނީ ފޮތެއް!

މޫދަށް އަންހެނަކު ޕާރުސަލެއް އެއްލާލި މަންޒަރެއް ފެނިގެން، އެކަން މީހަކު ފުލުހަށް އަންގައިފިއެވެ.

ވިލިމާލޭގައި ހިނގި އެހާދިސާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާއިރު، އެވީޑިއޯއިން ފެންނަނީ މޫނު ނިވާކޮށްގެން ހުރި އަންހެނަކު، އެއްޗެއް ވަރަށް ރަނގަޅަށް ޕާރުސަލު ކޮށްގެން ގޮސް މޫދަށް އެއްލާލާ މަންޒަރެވެ.

މަންޒަރު ދުށް މީހަކު ބުނެފައިވަނީ އެއަންހެން މީހާ އައީ "ކުއްޖެއް އުރައިގެން" އަންނަހެން އެޕާރުސަލު ހިފައިގެން ކަމަށެވެ.

     

ނަމަވެސް ފުލުހުން ގޮސް ޕާރުސަލު ނަގައިގެން ބެލިއިރު އޭގައި އޮތީ ސްކޫލް ކުދިންގެ އިސްލާމް ފޮތަކާއި ކަލަންޑަރެއް ކަމަށް، ފުލުހުން ވިދާޅުވެފައިވެއެވެ.

ޕާރުސަލު ތެރެއިން ފެނުނުތަކެތީގެ ފޮޓޯއެއް މިހާރު އާއްމުކޮށްފައިވާއިރު، ފުލުހުން ވިދާޅުވީ އެތަކެތި މޫދަށް އެއްލާލީ، އޭގައި ޤުރްޢާނުގެ އާޔަތްތައް ހުރުމުން އެނައްތާލުމުގެ ނިޔަތުގައި ކަމަށް ބެލެވޭ ކަމަށެވެ.

މިއަދު އޮންލައިން