ޑިޖިޓަލް މެދުވެރިކޮށް ރާއްޖޭގެ ގެސްޓްހައުސް ދާއިރާ ކުރިއެރުވުމަށް، އުރީދޫ އާއި ގެސްޓްހައުސް އެސޯސިއޭޝަން ގުޅިގެން މަސައްކަތް ފަށަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 34ސ
ޑިޖިޓަލް މެދުވެރިކޮށް ރާއްޖޭގެ ގެސްޓްހައުސް ދާއިރާ ކުރިއެރުވުމަށް، އުރީދޫ އާއި ގެސްޓްހައުސް އެސޯސިއޭޝަން ގުޅިގެން މަސައްކަތް ފަށަނީ


ޑިޖިޓަލް ޓެކްނޮލޮޖީތަކާއި ޚިދުމަތްތަކުގެ އެހީގައި ދިވެހިރާއްޖޭގެ ގެސްޓްހައުސް ދާއިރާ ކުރިއެރުވުމަށް އެކުގައި މަސައްކަތްކުރުމަށް އެއްބަސްވެ، އުރީދޫ އާއި ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ހާއްސަ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.


އެމް.އެމް.ޕީ.އާރްސީގެ ރައީސް ތޮއްޔިބު މުހައްމަދު ޝަރަފްވެރި ކޮށްދެއްވި ހާއްސަ ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ، އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ނަޖީބް ޙާން، އަދި ގޭމްގެ ރައީސް އަޙުމަދު ކަރަމް އެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގެ ގިނަ ގެސްޓްހައުސްތަކެއްގެ ވެރިން ވެސް ބައިވެރިވިއެވެ.


"ދިވެހިރާއްޖެ އަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް އެންމެ ފުރިހަމަ ތަޖުރިބާއެއް ދިނުމުގައި ބައިވެރިވުމަކީ، އަޅުގަނޑުމެން އެންމެންގެވެސް ޒިންމާއެއް. ވުމާއި އެކު، އަދި އުރީދޫ އިން ޑިޖިޓަލް ރާއްޖެއަށް ދެމުންދާ އެއްބާރުލުމުގެ ދަށުން، ޑިޖިޓަލް މެދުވެރިކޮށް ރާއްޖޭގެ ގެސްޓްހައުސް ދާއިރާ އިތުރަށް ކުރިއެރުވުމަށްޓަކައި ގޭމް އާއި ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމާފައި.

ޒަމާނީ ފަތުރުވެރިން ބޭނުންވާ ފަދަ ފަސޭހަ ތަޖުރިބާތަޖެއް ފޯރުކޮށްދެވެނީ ޓެކްނޮލޮޖީގެ އެހީގައި. މިގޮތުން، ގޭމް އާއި އެކު އަޅުގަނޑުމެން މަސައްކަތް ކުރާނީ، ގެސްޓްހައުސްތަކަށް އެންމެ އެކަށޭނެ އަދި ބޭނުންވާ ޑިޖިޓަލް ޚިދުމަތްތަކާއި ގުޅުވާލަދީ، ޒިޔާރަތް ކުރާ ފަތުރުވެރިންގެ ތަޖުރިބާތައް އިތުރަށް ފުރިހަމަކޮށް، ގެސްޓްހައުސް ވިޔަފާރި އައު ހަރުފަތަކާއި ހަމައަށް ގެންގޮސްދިނުމަށް." އުރީދޫގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ، ނަޖީބް ޙާން ވިދާޅުވިއެވެ.


"މި ޕާޓްނަރޝިޕަކީ ވަރަށް ގިނަ އެހީތެރިކަން ދެފަރާތަށްވެސް ލިބިދެވޭ މާނަވީ އެއްބަސްވުމެއް. ގެސްޓްހައުސް ދާއިރާ ގަބޫލު ކުރާ ގޮތުން އޮންލައިން ޓްރެވަލް އޮޕަރޭޓަރސް އަދި ޖުމްލަކޮށް ޑިޖިޓަލް އޭޖް އަށް އުފަންވުން އެއީ މި އިންޑަސްޓްރީ އެހާ ބާރުމިނެއްގައި ކުރިއަށްދިއުމުގެ އެއް އަސްލު. ވީމާ އެންޑް ޓު އެންޑް ޑިޖިޓަލް ސޮލިއުޝަންސް ޕްރޮވައިޑަރއެއްގެ ގޮތުގައި އުރީދޫގެ އެހީތެރިކަން ލިބުން އެއީ، ވަރަށް ޝުކުރުވެރިކަމާއި އެކު ބަލައިގަންނަ ކަމެއް." ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް، އަޙްމަދު ކަރަމް ވިދާޅުވިއެވެ.



އުރީދޫ މޯލްޑިވްސް އާއި ގޭމް އާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، އުރީދޫ އިން މަސައްކަތް ކުރަމުންދާނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ މާހައުލާއި ގުޅޭ، ދިވެހި ގެސްޓްހައުސް ތަކަށް ބޭނުންވާފަދަ ފަހުގެ ޓެކްނޮލޮޖީތަކާއި ޚިދުމަތްތައް ފޯރުކޮށްދީގެން، ގެސްޓްހައުސް ދާއިރާ އަށް އައު ފުރުސަތުތަކާއި ފާގަތިކަން ގެނެސްދިނުމަށެވެ.



ގެސްޓްހައުސްތަކަށް ހާއްސަކޮށް އުރީދޫ އިން ފަރުމާކޮށްފައިވާ ޚިދުމަތްތަކާއި، އެހެނިހެން ވިޔަފާރިތަކަށް ފޯރުކޮށްދޭ ތަފާތު ޕްރޮޑަކްޓްތަކާއި ބެހޭ މައުލޫމާތު www.ooredoo.mv/business އިން ލިބިވަޑައިގަންނަވާނެއެވެ.

މިއަދު އޮންލައިން