ދަރިފުޅަށް އަނިޔާކުރި ކަމުގެ ކުށުގަ، ގާތުން ކިރުދެމުން ސިގިރެޓްބުއި މައަކު ހައްޔަރުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
ދަރިފުޅަށް އަނިޔާކުރި ކަމުގެ ކުށުގަ، ގާތުން ކިރުދެމުން ސިގިރެޓްބުއި މައަކު ހައްޔަރުކޮށްފި

ގާތުން ކިރުދެމުން ސިގިރެޓްބުއި މައަކު ދަރިފުޅަށް އަނިޔާކުރި ކަމުގެ ކުށުގައި ހައްޔަރުކޮށްފިއެވެ. 

ސޯޝަލް މީޑިއާގައި ޢާންމުވި މީޑިއާ ކްލިޕަކާއި ގުޅިގެން އިނގިރޭސިވިލާތުގެ ފުލުހުން 24 އަހަރުގެ މައިމީހާ ހައްޔަރުކުރީ ޤަޞްދުގައި ދަރިފުޅަށް ޞިއްޙީ ގޮތުން އަނިޔާދޭން މަސައްކަތްކުރިކަމުގެ ކުށުގައެވެ. 

މައިމީހާ ބުނީ އޭނާގެ ނިޔަތަކީ ދަރިފުޅަށް އަނިޔާއެއް ދިނުންނޫން ކަމަށެވެ. ނަމަވެސް ފުލުހުން ބުނީ ޤާނޫނުގައި އޮތް ގޮތުން އެކަން ފެތެނީ ޤަޞްދުގައި އަނިޔާކުރުމުގެ ކުށަށް ކަމަށެވެ. 

ދުންފަތުގެ އިސްތިއުމާލުކުރުމުން ބޭރުވާ ދުމުން ކުޑަކުދިންނަށް ބޮވޭގޮތްވުމަކީ ކުދިންގެ ފުއްޕާމެއަށް އެކަމުގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބި ކެންސަރުވެސް ޖެހޭ ކަމެކެވެ. އެހެންކަމުން މިފަދަ ޢަމަލުތައް ކުރުން ގިނަ ޤައުމުތަކުގައި މިހާރު ވަނީ ޤާނޫނީ ކުށަކަށް ހަދައިފައެވެ.  

މިއަދު އޮންލައިން