މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ނަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު އިސްކޮށް ހުންނަވައިގެން އުފެއްދުމަށް މަސައްކަތްކުރާ ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް މިއަދު ވަނީ އެމްއާރުއެމް އުފެއްދުމުގެ ހުއްދައިގެ ލިޔުން ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫނަށް ދެއްވާފައެވެ.
މިއީ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އަންހެނަކަށް ދިން ފުރަތަމަ ފަހަރެވެ.
އެމްއާރުއެމްގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަ އެންމެ ފުރަތަމަ ދޫކުރީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އަށެވެ. ނަމަވެސް ޕާޓީ އުފައްދަން ދިން މުއްދަތުގައި މެންބަޝިޕް ފޯމު ހުށަހަޅައިފައެއް ނުވެ އެވެ. ފަހުން އެމްއާރުއެމް އުފެއްދުމުގެ ހުއްދަ ދޫކުރީ ރައީސް މައުމޫންގެ ދަރިކަނބަލުން، އާޓްސް އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން އަށެވެ.