މެންބަރު އަލިފާނުގެ ހާދިސާ ޓެރަރިޒަމާ ގުޅުވީ ހީއެއްގެ މައްޗަށް!: ހޯމް މިނިސްޓަރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
މެންބަރު އަލިފާނުގެ ހާދިސާ ޓެރަރިޒަމާ ގުޅުވީ ހީއެއްގެ މައްޗަށް!: ހޯމް މިނިސްޓަރު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި، މާލޭގައި ހިނގައި ދިއަ ބޮޑު އަލިފާނުގެ ހާދިސާ އާއި ޓެރަރިޒަމާއި ގުޅުވައިގެން ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު ވާހަކަ ދެއްކީ އޭނާއަށް ކުރެވުނު ހީއެއްގެ މައްޗަށް ކަމަށް ބުނެފައިވާ ކަމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. 

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝައިޚް އިމްރާން ވިދާޅުވީ ހަމައެކަނި ކުރެވޭ ހީގެ މައްޗަށް މިފަދަ ވާހަކަތައް ނުދެއްކުމަށް މެންބަރަށް ދަންނަވާފައިވާނެ ކަމަށެވެ. 

ފުލުހުން މިއަދުވެސް ބުނީ މާލޭގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާ ހިނގީ އެއްވެސް މީހަކު ޤަޞްދުގައި ކުރި ކަމެއްގެ ސަބަބުންކަމަށް ބެލެވޭނެ އެއްވެސް ކަމެއް އަދި މިހައިތަނަށް ވެސް ފެނިފައިނުވާ ކަމަށެވެ. އަދި ޓީޖެޓީގައި ހިނގި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ދުންފަތުގެ އިސްތިއުމާލުކުރުމުން ކަމަށެވެ. 

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވަނީ ބޮޑު އަލިފާނުގެ ހާދިސާ އާއި ޓެރަރިޒަމާއި ގުޅުވުޔމުގެ އިތުރުން ދީނީ ޢިލްމުވެރިންގެ އިސްތަށިފުޅުގައި ބޮޑެތި ދޮގު އިލްޒާމްތަކެއް އަޅުވައިފައެވެ. މަޖިލީހުގެ ރިޔާސަތުން ވިދާޅުވެފައިވަނީ މަޖިލީހުގައި ވާހަކަ ދައްކަން ޖެހޭނީ ކޮންމެހެން ޙަޤީޤަތާއި އެއްގޮތަށް ނޫން ކަމަށް މަޖިލީހުގެ ޤަވާއިދުގައި އޮންނަ ކަމަށެވެ.

މިއަދު އޮންލައިން