ހަ ކިލޯގެ މަސްތުވާތަކެއްޗާއެކު މިދިޔަ ޖުލައި މަހު ހައްޔަރުކުރި ފަސް މީހުންގެ ތެރެއިން ތިން މީހަކު އިއްޔެ ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.
މިމައްސަލައިގައި އިއްޔެ އެކޯޓުން ދޫކޮށްލާފައިވަނީ އަބްދުﷲ އިބްރާހިމް އާއި އަޙުމަދު ރައޫފާއި އަޙުމަދު މަމްދޫޙް އެވެ. މިމައްސަލައިގައި ހިމެނޭ މުޙައްމަދު ފައިސަލްގެ ބަންދާއިމެދު މާދަމާ ގޮތެއް ކަނޑައަޅަން ހަމަޖެހިފައިވާއިރު، އަލީ ހަސަންގެ ބަންދަށް ފަސް ދުވަސް ޖަހާފައިވަނީ އޭނާގެ ކުޑަކަމުދާތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވުމުން ކަމަށް މައުލޫމާތު ލިބެއެވެ.
އަބްދުﷲ އިބްރާހީމާއި މުހައްމަދު ފައިސަލް އަދި އަލީ ހަސަންގެ މައްޗަށް އުފުލީ ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާ އެވެ. ދެން ތިބި ދެ މީހުންނަށް އުފުލީ އެކަމަށް އެހީވެދިން ކަމުގެ ދައުވާ އެވެ.
އެނގިފައިވާ ގޮތުގައި 62 ދުވަސް ބަންދުގައި ބެހެއްޓުމަށް ފަހު ތިން މީހަކު ދޫކޮށްލީ ޝަރުތުތަކާއެކު އެވެ. އެކަމަކު އޭގެ ތަފްސީލެއް ލިބިފައެއް ނުވެއެވެ.