ގާ އަޅާ މެޝިނެއްގެ ބެލްޓެއް ދަށުވެ ބިދޭސީއަކު މަރުވެއްޖެ!

ކިޔުމަށް ހޭދަވާނީ 35ސ
ގާ އަޅާ މެޝިނެއްގެ ބެލްޓެއް ދަށުވެ ބިދޭސީއަކު މަރުވެއްޖެ!

ރިސޯޓެއްގެ ގައު އަޅާ މެޝިނެއްގެ ބެލްޓް ދަށުވެގެން ބިދޭސީއަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ މި ޙާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރަމުން އަންނަ ނ.އަތޮޅު ދިގުރަށުގައިކަމަށެވެ.

މި ޙާދިސާގައި މަރުވި މީހާއަކީ ސަން ކޮންސްޓްރަކްޝަން ކުންފުނީގެ ދަށުން މަސައްކަތް ކުރަމުންއައި 25 އަހަރުގެ ބިދޭސީ ފިރިހެނެއްކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ އިއްޔެ އިރުއޮއްސުނުއިރު ހިންގި މިހާދިސާއާއި ގުޅިގެން، ބިދޭސީ މީހާއަށް ބޮޑެތި އަނިޔާތައްވެގެން އެ އަތޮޅު މަނަދޫ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އެމީހާ މަރުވެފައިވާކަމަށް ހޮސްޕިޓަލުން މަޢުލޫމާތުދޭކަމަށެވެ.

މި ޙާދިސާ ފުލުހުން ދަނީ އިތުރަށް ތަޙްގީޤުކުރަމުންނެވެ.

މިއަދު އޮންލައިން