އީސީއަށް އައްޔަނު ކުރުމަށް ފުއާދާއި އަމްޖަދު ހިމެނޭ ގޮތަށް 4 ބޭފުޅެއްގެ ނަން ކޮމެޓީއަށް ފޮނުވައިފި!

ކިޔުމަށް ހޭދަވާނީ 1މ 3ސ
އީސީއަށް އައްޔަނު ކުރުމަށް ފުއާދާއި އަމްޖަދު ހިމެނޭ ގޮތަށް 4 ބޭފުޅެއްގެ ނަން ކޮމެޓީއަށް ފޮނުވައިފި!

އިލެކްޝަންސް ކޮމިޝަނަށް އައްްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވި ނަންފުޅުތައް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުޢައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވައިފިއެވެ.

 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮމިޓީއަށް ފޮނުއްވެވި ނަންފުޅުތަކަކީ، އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދާ ތައުފީޤާއި، އެކޮމިޝަނުގެ މިހާރުގެ މެމްބަރު އަމްޖަދު މުސްތަފާގެ އިތުރުން، ހަސަން ނާޒިމްއާއި މަރިޔަމް ހަނީފާ ޙާލިދުއެވެ. މި 4 ބޭފުޅުންނަކީ އިލެކްޝަންސް ކޮމިޝަނުގައި މިހާރު ހުންނެވި އަމްޖަދު މުސްތަފާގެ މެމްބަރުކަމުގެ މުއްދަތު އަންނަ ނޮވެމްބަރުމަހުގެ 24 ވަނަ ދުވަހަށް ހަމަވާތީ، އެމަޤާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާލި ފުރުޞަތުގައި އެމަޤާމަށް ކުރިމަތިލެއްވި ބޭފުޅުންނެވެ.

 

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ނަންފުޅުތައް މަޖިލީހުގެ ކޮމިޓީއަށް ފޮނުއްވާފައިވާއިރު، އޭގެތެރެއިން ފުއާދު ތައުފީޤަކީ އެކޮމިޝަންގައި ރައީސްކަން ކުރައްވާފައިވައި އަދި ގިނަދުވަސްތަކެއް ވަންދެން ކޮމިޝަނުގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ މަޤާމުގައި ހުންނަވަނިކޮށް މަޤާމުން ވަކިކޮށްފައިވަނީ ސުޕްރީމްކޯޓުން ބެއްލެވި މައްސަލައަކަށްފަހުއެވެ.

މިއަދު އޮންލައިން