ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނު: 4 ސީޕީ، 2 މިނިސްޓަރުން ފޭލް- އޮތީ ރައްޔިތުން ނުކުމެ ތަންފީޒުކުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނު: 4 ސީޕީ، 2 މިނިސްޓަރުން ފޭލް- އޮތީ ރައްޔިތުން ނުކުމެ ތަންފީޒުކުރުން!

ރާއްޖޭގައި ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ޤާނޫނެއް އެބައޮތެވެ. އެ ޤާނޫނު ފާސްކޮށްފައި އޮތީ ކުރާ އަމުރަށް ނުކިޔަމަންތެރިވާ މީހުންނަށް އަދަބު ދެވޭ ގޮތަކަށް ނޫނެވެ. ކިޔަމަންތެރިވާ މީހުންނަށް އަދަބު ދެވޭ ގޮތަށެވެ.

އެކަން އެނގޭ ސަބަބަކީ އެޤާނޫނުގެދަށުން އަބަދުވެސް ފިޔަވަޅު އެޅިފައި ހުރީ އިސްލާމް ދީނަށް އަމަލުކުރާ މީހުްނަށެވެ. ދީނީ ޢިލްމުވެރިންންށެވެ. އިސްލާމް ދީނަށް އަމަލުނުކުރާ، މުރުތައްދުވާ މީހަކަށްވެސް ޖަމާއަތަކަށްވެސް ފިޔަވަޅު އެޅިފައެއް ނުވެއެވެ. ރާއްޖެއިން އިސްލާމް ދީން ނައްތާލަން މަސައްކަތްކުރާ މީހުންނަށާ ޖަމާއަތްތަކަށް ވެސް ފިޔަވަޅު އެޅިފައެއް ނުވެއެވެ.

މިވާގޮތަށް ބަލާއިރު މިވާގޮތަކީ ސީޕީ ހަމީދު އިއްޔެ ވިދާޅުވިފަދައިން އެ ޤާނޫނުގެ ދަށުން ފިޔަވަޅު އަޅަން ޖެހޭނީ އިސްލާމިކް މިނިސްޓްރީންނެވެ. އިސްލާމިކް މިނިސްޓްރީއަކީ ތަންފީޒީ އިދާރާއެއް ނޫނެވެ. ވީމާ އެއްވެސް މީހަކު ހާޒިރެއް ނުކުރެވެއެވެ. ހާޒިރުކޮށްދެވެން އޮތީ ފުލުހުންނަށެވެ. ފުލުހުންގެ އެއްބާރުލުން އެކަމުގައި މިހައި ތަނަށް އެއްވެސް މައްސަލައެއްގައި ދިންކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.

އިއްޔެވެސް ސީޕީ ހަމީދު ވިދާޅުވީ މަޝްވަރާކުރައްވާ ވާހަކައެވެ. އެ ވިދާޅުވާ މަޝްވަރާ ފުލުހުންނާއި އިސްލާމިކް މިނިސްޓްރީން ކުރަން ފެށީ 2017 ވަނަ އަހަރުއެވެ. އެ އަހަރު ނިމުނީއެވެ. 2018 ވަނަ އަހަރު ނިމުނީއެވެ. 2019 ވަނަ އަހަރު ނިމެނީއެވެ. އަދިވެސް ހަމަ މަޝްވަރާ ކުރުމުގައެވެ.

މި މުއްދަތުގައި 4 ވަރަކަށް ސީޕީ އިން ބަދަލުވެއްޖެއެވެ. 2 މިނިސްޓަރުން ބަދަލުވެއްޖެއެވެ. ކުރެވުނު ހަމަ އެއްވެސް ކަމެއް ފެންނާކަށް ނެތެވެ. 2 އަންހެނުން ރިޔާސީ 2 ކޮމިޝަނުގައި ތިބެގެން އިސްލާމް ދީނުން ހަވާއަރުވަމުން ގެންދަނީއެވެ. އެޅޭ ފިޔަވަޅެއް އޮތް ކަމަކަށް ނުވެއެވެ. އެމްޑީއެން ކިޔާ ޖަމާއަތެއް ސީދާ އިސްލާމްދީން ކަތިލަމުން ގެންދާއިރު ފިޔަވަޅެއް ނޭޅީގެން މިއުޅެނީ ތަފާތުވަނީ ހަމައެކަނި ފަހު އަކުރުކަމަށްވުމުން ކަމުގައި ވެދާނެއެވެ.

އިސްލާމިކް މިނިސްޓްރީއަށާއި ފުލުހުންނަށް މިކަންކަމުގެ މަޝްވަރާތައް ނިންމައި ފިޔަވަޅު ނުއެޅޭނަމަ ރައްޔިތުން ފިޔަވަޅުއަޅާނެއެވެ. ރައްޔިތުންގެ މަސައްކަތަށް މާތް ﷲ ތައުފީޤް ދެއްވަވާނެތެވެ. އެދުވަހުން އަޣާވާތް، ބަޣާވާތް، ތަޣާވާތް، ޘަޤާވާތް ކިޔުމުގެ ބޭނުމެއް ނުއޮންނާނެއެވެ. މި ބިމުގައި ﷲ ތަޢާލާ އިސްލާމް ދީން ހިމާޔަތްކުރައްވަވާނެތެވެ! އިން ޝާ ﷲ!

މިއަދު އޮންލައިން