ތޮއްޑޫގައި ހިނގި މާރާމާރީއެއްގައި އަނިޔާވި ޒުވާނަކު އިތުރު ފަރުވާ އަށް މާލެގެނެސްފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 31ސ
ތޮއްޑޫގައި ހިނގި މާރާމާރީއެއްގައި އަނިޔާވި ޒުވާނަކު އިތުރު ފަރުވާ އަށް މާލެގެނެސްފި!

އއ.ތޮއްޑޫގައި ހިނގި މާރާމާރީއެއްގައި އަނިޔާވި ޒުވާނަކު އިތުރު ފަރުވާ އަށް މާލެ ގެނެސްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ އުމުރުން 26 އަހަރުގެ ފިރިހެނަކަށް އަނިޔާވެފައިވާކަމުގެ މައުލޫމާތު މިއަދު ހެނދުނު 7:30 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އަނިޔާވި މީހާ އަށް ތޮއްޑޫ ހެލްތު ސެންޓަރުގައި ފަރުވާ ދިނުމަށްފަހު މިހާރު އިތުރު ފަރުވާ އަށް މާލެ ގެންގޮސްފައިވާ ކަމަށާއި އޭނާގެ ބޯ ފަޅައިގެން ގޮސް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

 

މިއަދު އޮންލައިން