އިންޑިއާގަ ފިޔާ އަގުބޮޑުވުމުން އަގުހެޔޮކުރުވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 36ސ
އިންޑިއާގަ ފިޔާ އަގުބޮޑުވުމުން އަގުހެޔޮކުރުވައިފި

އިންޑިއާގައި ފިޔާ ވިއްކާ އަގު ބޮޑުވުމުން އަގުހެޔޮކުރުވައިފިއެވެ. 

އިންޑިއާގެ ބައެއް ސްޓޭޓްތަކުގައި ފިޔާ ކިލޯއެއްގެ އަގު މިދިއަ މަހު ހުރީ 51 އިންޑިއާ ރުޕީސްގައެވެ. ނަމަވެސް މިއަދު ބާޒާރުގައި ހުރީ 26 ރުޕީސްއަށެވެ. ފިޔާ އަގުހެޔޮ ކުރީ ސަރުކާރުން ސަބްސިޑީ ދިނުމުންނެވެ. 

އިންޑިއާއިން މިހާރު ވަނީ ފިޔާ އެކްސްޕޯޓްކުރުން ވަގުތީ ގޮތުން މަނާކޮށްފައެވެ. ނަމަވެސް އިންޑިއާ ސަރުކާރުގެ ޚާއްޞަ އިނާޔަތުގެ ދަށުން މިފަދަ ހާލަތްތަކުގައިވެސް ރާއްޖެއަށް ބޭނުންވަރު އަންނަނީ ހުއްދަކުރަމުންނެވެ.

އިންޑިއާގައި ފިޔާ އަގުބޮޑުވުމުގެ މައްސަލަ ކުރިމަތިވީ މިއަހަރު ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާތަކާއި ގުޅިގެން އުފެއްދޭ މިންވަރު މަދުވުމުންނެވެ.

މިއަދު އޮންލައިން