"އިރު އަރައި އޮއްސޭ ކޮންމެ ދުވަހަކީ މުދައްރިސުންގެ ބުރަ މަސައްކަތް ޤައުމުގެ ހުރިހާ ކަންކޮޅުތަކުން އާރޯކަމާ، ތާޒާކަމާއިއެކު ފެންނަ ދުވަސްތަކެއްކަން ޔަޤީން" ކަމަށް ވިލާ ފައުންޑޭޝަންގެ ބާނީ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިމޭރުމުން ވިދާޅުވެފައިވަނީ އެދުރުންގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ހުރިހާ މުދައްރިސުންނަށް ތަހުނިޔާ ވިދާޅުވެ ކުރެއްވި ޓްވީޓުގައެވެ.
"އެދުރުންގެ ދުވަހުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް ރާއްޖޭގެ އެންމެހައި މުދައްރިސުންނަށް އަރިސްކުރަމެވެ. އިރު އަރައި އޮއްސޭ ކޮންމެ ދުވަހަކީ މުދައްރިސުންގެ ބުރަ މަސައްކަތް ޤައުމުގެ ހުރިހާ ކަންކޮޅުތަކުން އާރޯކަމާ، ތާޒާކަމާއިއެކު ފެންނަ ދުވަސްތަކެއްކަން ޔަޤީނެވެ."
ޤާސިމް އިބްރާހީމް އަކީ އެންމެ ގިނަ އަދަދެއްގެ ދިވެހި ދިރިންނަށް މަތީ ތައުލީމް، އަމިއްލަފުޅު ޚަރަދުގައި ފޯރުކޮށްދެއްވި އެންމެ ބޮޑު "މުދައްރިސް"އެވެ.
Edhurunge dhuvahuge thahu niyaa aai heyo edhun thah Rajjeyge enmmehaa mudharissunnah aris kuran. Iru araa iru ossey konmme dhuvahakee mudharissunge bura massakaiy qaumuge hurihaa kan kolhuthakun aroakamaa, thazaakamaa eku fenna dhuvasthah kan yageen. pic.twitter.com/o2TuHNKLpZ
— Qasim Ibrahim (@qasimibrahim) October 5, 2019