އެމްޑީއެންގެ މައްސަލަ ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަޤީންކަން ފުލުހުން ދީފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
އެމްޑީއެންގެ މައްސަލަ ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަޤީންކަން ފުލުހުން ދީފި

އެމްޑީއެން އިން ނެރެގެން އުޅޭ ރިޕޯޓާއި ގުޅިގެން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަ ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަޤީންކަން ފުލުހުން ދީފި އެވެ. 

ފުލުހުން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ މިމަހުގެ 3 ވަނަ ދުވަހު އަމިއްލަ ފަރާތަކުންވެސް އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ކަމަށާއި އަދި އިސްލާމިކް މިނިސްޓްރީން ވެސް މިމަހުގެ 3 ވަނަ ދުވަހު އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައކަމަށެވެ.

ފުލުހުން ބުނެފައިވަނީ މިބާވަތުގެ މައްސަލަތަކަކީ ފުލުހުން ވަރަށް ޚާއްޞަ ސަމާލުކަމެއް ދީގެން ބަލަމުން ގެންދާ މައްސަލަތަކެއް ކަމަށްވުމުން މި މައްސަލަވެސް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ. 

ރާއްޖެއިން އިސްލާމް ދީން ފޮހެލަން މަސައްކަތްކުރަމުން ގެންދާ އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން ރައްޔިތުންގެ ގިނަ ބައަކު ކަންބޮޑުވުން ފައުޅުކޮށް އެ ރިޕޯޓުގެ މައްސަލަ ވީހައި އަވަހަކަށް ބަލައި ފިޔަވަޅު އަޅައިދިނުމަށް ސަރުކާރުގެ ކަމާއިބެހޭ ހުރިހާ ފަރާތްތަކަށް ގޮވާލަމުންނެވެ. އިސްލާމިކް މިނިސްޓްރީ އާއި ދީނީ ޢިލްމުވެރިންގެ ބައްދަލުވުމެއްވެސް މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ. 

މިފަދަ މައްސަލަތައް ބަލައި ފިޔަވަޅު އެޅުން ލަސްވުމަކީ މުޖުތަމައުތަކުގެ ހަމަޖެހުން ގެއްލޭ ކަމެއްކަން ދުނިޔެ ދަނީ ތަޖުރިބާކުރަމުންނެވެ.

މިއަދު އޮންލައިން