ނަފްރަތު އުފެދޭފަދަ ވާހަކަތައް ނުފެތުރުމަށާއި, އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް ފުލުހުން އިންޒާރުދީފި!

ކިޔުމަށް ހޭދަވާނީ 1މ 2ސ
ނަފްރަތު އުފެދޭފަދަ ވާހަކަތައް ނުފެތުރުމަށާއި, އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް ފުލުހުން އިންޒާރުދީފި!

ނަފުރަތު އުފެދޭފަދަ ވާހަކަތައް ނުފެތުރުމަށާއި، އެފަދަ ވާހަކަތައް ފަތުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ދީފިއެވެ.

މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯތް (އެމްޑީއެން) އިން ނެރެފައިވާ އިސްލާމް ދީނާއި ޚިލާފު ރިޕޯޓާއި ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށް ވިދާޅުވަމުން ރޭ ފުލުހުން ނެރުނު ބަޔާނުގައި ވިދާޅުވެފައި ވަނީ، ރައްޔިތުންގެ ތެރޭގައި ފިތުނަ ފަސާދަ އުފެދޭފަދަ ވާހަކަތައް އެއްވެސް ފަރާތަކުން ނުފެތުރުމަށް އިލްތިމާސް ކުރާ ކަމަށާއި. ދީނީ އަދި ޤައުމީ  ވަހުދަތާއި އެއްބައިވަންތަކަމާއި، ނިޒާމު އާންމު ގެއްލޭފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ނުހިންގުމަށް ދަންނަވާކަމަށެވެ.

"ޚާއްސަކޮށް ރައްޔިތުންގެ ތެރޭގައި ފިތުނަ ފަސާދަ އާއި ބައިބައިވުމާއި ނަފްރަތު އުފެދޭފަދަ ވާހަކަތައް އެއްވެސް ފަރާތަކުން ނުފެތުރުމަށާއި ދިވެހި ރައްޔިތުންގެ ދީނީ އަދި ޤައުމީ ވަހުދަތާއި އެއްބައިވަންތަކަމާއި، ނިޒާމު އާންމު ގެއްލޭފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ނުހިންގުމަށް ދަންނަވަން" ފުލުހުން ނެރުނު ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ފުލުހުން ވިދާޅުވީ މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާއި މެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު ފަސްޖެހުމެއް ނެތި އަޅާނެ ކަމަށެވެ.

 

މިއަދު އޮންލައިން