ފުލުހުންގެ ތަޙުޤީޤަށް ފާތިޙް ޝާކިރު ހޯދަނީ!

ކިޔުމަށް ހޭދަވާނީ 34ސ
ފުލުހުންގެ ތަޙުޤީޤަށް ފާތިޙް ޝާކިރު ހޯދަނީ!

ފުލުހުންގެ ތަޙްޤީޤަކަށް މީހަކު ހޯދަން އާއްމުންގެ އެހީއަށް އެދިއްޖެއެވެ.

 

ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާއި ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

 

މިމައްސަލަ އާއި ގުޅިގެން ހޯދަމުން ދަނީ ކ.މާލެ މ.ސީވިންޑް، ފާތިޙް ޝާކިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.

 

ފުލުހުން ވިދާޅުވީ ފާތިޙް ޝާކިރާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ނަމްބަރު 9660183 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭކަމަށެވެ.

މިއަދު އޮންލައިން