ވަގަށް ނަގާފައިވާ ސަތޭކައަށް ވުރެ ގިނަ ހުސް ގޯންޏާއެކު ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެނެސްފި އެވެ.
މާފަންނު ފުލުހުންގެ ބެލުމުގެ ދަށަށް އެ މީހާ ގެންދިޔައީ 123 ހުސް ގޯންޏާއެކު އެވެ. އެއީ ވަގަށް ނަގާފައިވާ ތަކެތި ކަމަށް ބެލެވެ އެވެ.
އެމައްސަލައިގެ ތުހުމަތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އުމުރުން 37 އަހަރުގެ މީހެކެވެ. އެމީހާއާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.