ސިޔާސީ ގޮތުން ކުރިއެރުމަށް މިއަށްވުރެ ރަނގަޅު ޕްލެޓްފޯމެއް ނެތް: އަޒްލީން

ކިޔުމަށް ހޭދަވާނީ 48ސ
ސިޔާސީ ގޮތުން ކުރިއެރުމަށް މިއަށްވުރެ ރަނގަޅު ޕްލެޓްފޯމެއް ނެތް: އަޒްލީން

ރާއްޖޭގައި ސިޔާސީ ގޮތުން ކުރިއެރުމަށް ޖޭޕީއަށްވުރެ ރަނގަޅު ޕްލެޓްފޯމެއް ނެތް ކަމަށް ކުރީގެ ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ.

ލޯޔަރު ވައްޑެއާއެކު 300 އަށްވުރެ ގިނަ ފަރާތްތަކުން ޖޭޕީއާއި ގުޅިވަޑައިގަތުމުގެ ގޮތުން ކުނޫޒްގައި ބޭއްވި ޚާއްސަ ޚަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން އަޒްލީން ވިދާޅުވީ ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހިމް އަކީ މާފު ކުރެއްވުމުގެ ލަަމަސީލު މިސާލު ދައްކަވާފައިވާ ބޭފުޅެއް ކަމަށާއި އެއީ ފުރިހަމަ ލީޑަރެއްގެ ކިބައިގާ ހުންނަންވާނެ ސިފައެއް ކަމަށެވެ.

"އަޅުގަނޑުމެން އެކަމަކު ދުވަހަކުވެސް ކުރިން ނޯންނާނެ އެމަނިކުފާނަށް ބުރަބަހެއް ބުނެފަ. އަބަދުވެސް އެމަނިކުފާނުގެ ނަންފުޅު ނަންގަތީ އޮނަރަބަލް ޤާސިމް އިބްރާހިމްގެ ގޮތުގަ." ކުރީގެ ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން އަޒްލީން ވިދާޅުވީ ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަތުމަކީ ލިބުނު ޝަރަފެއް ކަމަށާއި އެމަނިކުފާނުގެ ސިޔާސީ ދާއިރާ ނިންމާލާނީ އިރާދަކުރެއްވިއްޔާ ޖޭޕީގެ މެމްބަރެއް ގޮތުގައި ކަމަށެވެ.

މިއަދު އޮންލައިން