އަގުހުރި އިނާމުތަކާއެކު އުރީދޫ އިން "ކްރޭޒީ ރޭސް" މުބާރާތް ތައާރަފްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 17ސ
އަގުހުރި އިނާމުތަކާއެކު އުރީދޫ އިން "ކްރޭޒީ ރޭސް" މުބާރާތް ތައާރަފްކޮށްފި

އުރީދޫ މޯލްޑިވްސް އިން ކްރޭޒީ ރޭސްގެ ނަމުގައި ވަރަށް ފޯރިގަދަ އެސްއެމްއެސް މުބާރާތެއް ތައާރަފްކޮށްފިއެވެ.

މި މުބާރާތުގެ ބައިވެރިންނަށް ލިބިގެންދާ އިނާމުތަކުގެ ތެރޭގައި ސެމްސަންގް ބަޑްސް، އެޕަލް އެއާޕޮޑް، ގެލެކްސީ ވޮޗް، އެޕަލް ވޮޗް، ސެމްސަންގް ގެލެކްސީ އެސް 10 އަދި ގްރޭންޑް ޕްރައިޒް އެއް ގޮތުގައި ޖެޓްސްކީ އެއްވެސް ހިމެނެއެވެ.

ކްރޭޒީ ރޭސްގެ ކުޅުންތެރިންގެ އަމާޒަކީ، އަހާލެވޭ ތަފާތު ސުވާލުތަކަށް ވީހާވެސް އަވަހަކަށް ޖަވާބު ރަނގަޅުކޮށް، ކުއިޒުން އެންމެ ގިނަ ޕޮއިންޓް ހޯދުމެވެ. މިގޮތުން ސުވާލުތަކަށް ޖަވާބުދޭ ސްޕީޑް އަވަސްވާ ވަރަކަށް، ލިބޭ ޕޮއިންޓުވެސް އިތުރު ވެގެންދާނެއެވެ. އެކި ލެވެލް ތަކަށް ބެހިފައިވާ މި ސުވާލު މުބާރާތުގައި ކުރެވޭނީ ކާރު، ރޭސިންގ އަދި ބައިކިންނާއި ބެހޭ ތަފާތު ސުވާލުތަކެވެ.

ތިން މަސް ދުވަހަށް ކުރިއަށްދާ މި އެސްއެމްއެސް ސުވާލު މުބާރާތުގައި ބައިވެރިވުމަށް، “GO” ޖެއްސެވުމަށް ފަހު 4242 އަށް އެސް.އެމް.އެސް ކުރަށްވާށެވެ.

ކްރޭޒީ ރޭސްގައި ބައިވެރިވާ ކުޅުންތެރިންނަށް އަގުހުރި އިނާމުތަކެއް ހާއްސަކުރެވިފައިވާއިރު، ކޮންމެ ހަފްތާއަކު، ކޮންމެ މަހަކު އަދި މުޅި މުބާރާތް ނިމުމާއި އެކު ކުޅުންތެރިންނަށް ލިބޭ އިނާމުތަކުގެ ތެރޭގައި:

ވަނަ

އިނާމު

ކޮންމެ ހަފްތާއަކު ލިބޭ އިނާމުތައް

(ލަކީ ޑްރޯ މެދުވެރިކޮށް)

ސެމްސަންގ ގެލެކްސީ ބަޑްސް

އެޕަލް އެއާޕޮޑް

ސެމްސަންގް ގެލެކްސީ ވޮޗް

އެޕަލް ވޮޗް

ކޮންމެ މަހެއްގެ އެންމެ މޮޅު ކުޅުންތެރިޔާ

ސެމްސަންގް ގެލެކްސީ އެސް 10 (128 ޖީބީ)

ގްރޭންޑް ޕްރައިޒް (ލަކީ ޑްރޯ މެދުވެރިކޮށް)

ޖެޓް ސްކީ

 

ކްރޭޒީ ރޭސް މެދުވެރިކޮށް ކޮންމެ ހަފްތާއަކު ދޭ އިނާމުތައް ލިބޭނީ، ބައިވެރިންގެ ތެރެއިން ނެގޭ ގުރުއަތުން ހޮވޭ ބޭފުޅުންނަށެވެ. މިގޮތުން، އެކުޅުންތެރިއެއްގެ ސްކޯ އިތުރުވާވަރަކަށް، ގުރުއަތުން މޮޅުވުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ.

ހަމައެހެންމެ، ކޮންމެ މަހެއްގައިވެސް އެންމެ ގިނަ ޕޮއިންޓް ހޯއްދަވާ ފަރާތަކަށް ސެމްސަންގް ގެލެކްސީ އެސް 10 އެއް ލިބިގެންދާނެއެވެ. އަދި މުބާރާތުގެ ބައިވެރިންގެ ތެރެެއިން ގުރުއަތުން ހޮވާލެވޭ ނަސީބުވެރިއަކަށް، މުޅި މުބާރާތުގެ ގްރޭންޑް ޕްރައިޒްއެއްގެ ގޮތުގައި، ޖެޓް  ސްކީ އެއް ހަދިޔާކުރެވޭނެއެވެ.

ކްރޭޒީ ރޭހާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، www.ooredoo.mv އަށް ނުވަތަ މައި އުރީދޫ އެޕް، އަދި އުރީދޫގެ ސޯޝަލް ޗެނަލްތައް ފަދަ އެކުންފުނީގެ ކޮންމެ ޑިޖިޓަލް ޓަޗްޕޮއިންޓެއްވެސް މައުލޫމާތު ލިބޭނެއެވެ.

 

 

މިއަދު އޮންލައިން