މަސްތުވާތަކެތި ބަލާދިޔަ ދޯނީގެ މަސްއޫލުވެރިޔާ ހައްޔަރުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 40ސ
މަސްތުވާތަކެތި ބަލާދިޔަ ދޯނީގެ މަސްއޫލުވެރިޔާ ހައްޔަރުކޮށްފި

އެމްއެންޑީއެފް ކޯސްޓްގާޑާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަނޑުމަގުން ރާއްޖެއަށް 150 ކިލޯގެ މަސްތުވާތަކެތި އެތެކުރަން އުޅުނުމުން އަތުލައިގެންފައިވާ ބޭރުގެ ބޯޓުކައިރިއަށް މަސްތުވާތަކެތި ބަލާދިޔަ "ހެދޭކުރި 7" ކިޔާ ދޯނީގެ މަސްއޫލުވެރިޔާ ފުލުހުން ހައްޔަރުކޮށްފިއެވެ.

މައުލޫމާތުލިބިފައިވާގޮތުގައި ފުލުހުން ރޭ ހައްޔަރުކޮށްފައިވަނީ ހެދޭކުރި 7 ދޯނީގެ ވެރިމީހާގެ ދަރިފުޅެވެވެ. "ހެދޭކުރި 7" މި ދޯންޏަކީ ކ. ދިއްފުށީ ދޯންޏެވެ.  

މިއެކަމާ ބެހޭ އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ޑްރަގް ހިފައިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރި ވަނިކޮށް އަތުލައިގަނެފައިވާ ބޭރު ބޯޓުގައި ހުރީ އިރާނުގެ ދިދަ ނަގާފައެވެ.

މިމައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސް އިން ދަނީ އިތުރަށްތަކުގީގް ކުރަމުންނެވެ.

މިއަދު އޮންލައިން