މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތް މިހާރު މި ދަނީ ބޮޑުތަނުން އިތުރެވެމުން ކަމަށް ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި މިހެންދާޅުވީ އެމްއެންޑީއެފް އާއި ފުލުހުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަނޑުމަގުން ރާއްޖެއަށް 150 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތުމާއިގުޅިގެންނެވެ.
މިއޮޕަރޭޝަނެއްގައި އަތުލައިގެންފައިވާ ބޭރުގެ ބޯޓުކައިރިއަށް މަސްތުވާތަކެތި ބަލާދިޔަ ރާއްޖޭގެ "ހެދޭކުރި 7" ކިޔާ ދޯނީގެ މަސްއޫލުވެރިޔާ ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
މިނިސްޓަރު އިމްރާން ވިދާޅުވެފައިވަނީ މި ފަދަ އޮޕަރޭޝަންތައް ކާމިޔާބުކުރަން ފަސެޔހަވަނީ ހުރިހާ މުއައްސަސާ ތައް އެކުގައި މަސައްކަތް ކޮއްގެންކަމަށެވެ.