ލޯންޗެއްގެ ބުރަފަތީގައި ޖެހި ހިނގި ނުރައްކަަތެރި އެކްސިޑެންޓެއްގައި ރ. އިނގުރައިދޫ ފިރިހެނެއްގެ ފައި ބުރިވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި މިހާދިސާގައި އެމީހާގެ ފައިބުރިވީ، ފީނަން އޮވެފައި މައްޗަށް އެރި ވަގުތު ލޯންޗުގެ ބުރަފަތީގައި ޖެހިގެންނެވެ.
އެމީހާއަށް އިނގުރައިދޫ ރީޖަނަލް ހޮސްޕިޓަލުން މިހާރު ފަރުވާ ދެމުން އަންނައިރު، އޭނާ އެމަޖެންސީގައި މާލެ ފޮނުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި ބުރިވެފައިވަނީ އެމީހާގެ ވައަތު ފައެވެ. ލޯންޗުގެ ބުރަފަތިންޖެހި އޭނާގެ ވައަތު ފައިގެ އެކި ހިސާބުތަކުން ވަނީ ޒަޚަމްވެސް ވެފައެވެ.