މެލޭސިޔާގަ އިސްލާމް ދީނަށް ފުރައްސާރަ ކުރި މީހަކު ދިހަ އަހަރަށް ޖަލަށް! އެއްބަސް ނުވި 2 މީހުންނަށް ޖަލުން ބޭރު ވެވޭނީ އެޕްރީލް 5ގެ ފަހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
މެލޭސިޔާގަ އިސްލާމް ދީނަށް ފުރައްސާރަ ކުރި މީހަކު ދިހަ އަހަރަށް ޖަލަށް! އެއްބަސް ނުވި 2 މީހުންނަށް ޖަލުން ބޭރު ވެވޭނީ އެޕްރީލް 5ގެ ފަހުން!

މެލޭސިޔާގައި އިސްލާމް ދީނަށާއި ރަސޫލް (ޞޢވ)އަށް ފުރައްސާރަ ކުރި މީހަކު 10 ޖަލަށް ލުމަށް އިއްޔެ ކޯޓުން ޙުކުމް ކޮށްފިއެވެ. އެއީ އުމުރުން 22 އަހަރުގެ ޒުވާނެކެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވަނީ 10 ޕޮއިންޓުންނެވެ. 2 ޕޮއިންޓް ސާބިތުވި 52 އަހަރުގެ މީހަކަށް ކުރިއަށް އޮތް ދެ ދުވަސް ތެރޭ ޙުކުމްކުރާނެއެވެ.

ކޯޓުން އިއްޔެ 10 އަހަރަށް ޖަލަށް ލުމަށް ހުކުމްކުރި މީހާގެ މައްޗަށް މިވަރުގެ ބޮޑު ޙުކުމެއް ކުރީ ރާއްޖޭގައި އެމްޑީއެން އިން މިކުރި ދަރަޖަ އާއި ގާތަކަށްވެސް ކަންކަން ކޮށްގެނެއް ނޫނެވެ. އޭނާގެ އަމިއްލަ ފޭސްބުކުގައި ކުރި ޕޯސްޓްތަކަކާއި ގުޅިގެންނެވެ.

މީގެ އިތުރުން އަމިއްލަ ފޭސްބުކް އެކައުންޓުގައާއި ޓްވިޓަރ އެކައުންޓުގައި އިސްލާމް ދީނަށާއި ރަސޫލް (ޞޢވ) އަށް ފުރައްސާރަކުރި 2 މީހަކު އެމީހުންގެ ކުށަށް އިޢްތިރާފް ނުވުމުންވެސް ވަނީ ޖަލުގައި ބަންދުކޮށްފައެވެ. އެ 2 މީހުންނަށް އަންގާފައިވަނީ 2020 އެޕްރިލް މަހުގެ 5 ދުވަހު އެމީހުން ޖަލުން ނެރުމާއިމެދު ގޮތެއް ނިންމާނެ ކަމަށެވެ!

މެލޭސިޔާގައި މިފަދައިން ފިޔަވަޅު އެޅިނަމަވެސް އިސްލާމް ދީނަސް ފުރައްސާރަކުރާނެ ކަމަށް ބެލެވޭ މީހުން ވެސް ތިބީ މަތީ މަޤާމްތަކުގައެވެ. އެމްޑީއެން އިން ފައުޅުގައި ނުކުމެ ކީރިތި ޤުރްއާނުގެ އާޔްތައް ދޮގުކޮށް އިސްލާމް ދީނަށާއި ރަސޫލް (ޞޢވ) އަށް މަލާމާތާއި ފުރައްސާރަކުރުމުން އަދި މިހައިތަނަށް ކުރާ ކަމަކީ "ގޮނޑިހޫނުކުރުމެވެ!

މިއަދު އޮންލައިން