އިންޓަނެޓް ޚިދުމަތްތައް އަންނަ އާދީއްތަ ވިލޭރޭ ދަންވަރު 3.00 ފެށިގެން ރޭގަނޑު 11.00ގެ ނިޔަލަށް، ދަތިތަކެއް ދިމާވުން އެކަށީގެންވާކަމަށް އުރީދޫއިން ބުނެފިއެވެ.
އުރީދޫއިން ބުނެފައިވަނީ މިދަތިތައްއެރުމަށް މެދުވެރިވަނީ އެކުންފުނީގެ އިންޓަނޭޝަނަލް ސަޕްލަޔަރު ހިންގުމަށް ހަމަޖެހިފައިވާ މުހިއްމު ކޭބަލް މަރާމާތުކުރުމުގެ މަސައްކަތައް އެވަގުތު ކުރަމުންދާނެތީއެވެ.
މި މަސައްކަތް ކުރިއަށްދާ ވަގުތު، ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތައް ވީހާވެސް ކުޑަކޮށް، ވީހާވެސް އަވަހަށް މަސައްކަތް ފުރިހަމަ ކުރުމަށްޓަކައި އުރީދޫގެ ޓީމްތައް ދާނީ މަސައްކަތް ކުރަމުންކަމަށާއި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި އުރީދޫ އިން ވަނީ މަޢާފަށް އެދިފައެވެ.