މަސް ބަނާން ނުކުމެ އުޅުނު ލޯންޗަކަށް ހޮނު އަޅައިފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 22ސ
މަސް ބަނާން ނުކުމެ އުޅުނު ލޯންޗަކަށް ހޮނު އަޅައިފި!

ކުޑަވިލިނގިލީ ދިމާ ބޭރުން މަސް ބަނާން ނުކުމެ އުޅުނު ލޯންޗަކަށް ހޮނު އަޅައިއެވެ.

ފުލުހުން ބުނެފައިވަނީ މިކަމުގެ މައުލޫމާތު ކ.ތުލުސްދޫ ޕޮލިސް ސްޓޭޝަން އަށް ލިބިފައިވަނީ މިއަދު 3:00 ހާއިރު ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވިނަމަވެސް ލޯންޗަށް އެކިވަރުގެ ގެއްލުން ވަނީ ލިބިފައެވެ.

ފުލުހުން މިދާރު ދަނީ މި ލޯން ކަފުޖަހައިގެން ތުލުސްދޫ އަށް ގެންދިއުމުގެ މަސައްކަތް ކުރަމުންނެވެ.

މިއަދު އޮންލައިން