މިއަދު ހެނދުނު މާފަންނުގައި ހުރި ފިހާރަކަށް ވަދެ ވަޅިން ބިރު ދައްކައި ވަތްގަނޑުގައި ހުރި ފާއިސާ ފޭރި އަދި ދިގިރެޓްފޮށިތަކެއް ހިފައިގެން ގޮސްފައިވާ މައްސލައެއްގައި 2 މީހަކު ހޯދަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ޢާންމު ފަރާތަކުން ވަނީ އެ 2 މީހުން ފޭރުނު މަންޒަރު ދައްކައިދޭ ވީޑިއޯއެއްވެސް ޢާންމުކޮށްފައެވެ.