މިއަދު ހެނދުނު މާފަންނުގައި ހުރި ފިހާރަކަށް ވަދެ ވަޅިން ބިރު ދައްކައި ވަތްގަނޑުގައި ހުރި ފާއިސާ ފޭރި އަދި ސިގިރޭޓްފޮށިތަކެއް ހިފައިގެން ގޮސްފައިވާ މައްސލައެއްގައި 2 މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ މިމައްސަލަ މިއަދު 15:04 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި މިރޭގެ ވަގުތެއްގައި އެ މައްސަލައާއި ގުޅުންހުރި 20އ. ގެ ފިރިހެނަކާއި 26އ. ގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ޢާންމު ފަރާތަކުން ވަނީ އެ 2 މީހުން ފޭރުނު މަންޒަރު ދައްކައިދޭ ވީޑިއޯއެއްވެސް ޢާންމުކޮށްފައެވެ.
ފުލުހުން އަންނަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.