ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތްކުރާ އެމްޑީއެން އިން ނެރުނު "ސެޓަނިކް ރިފޯމް ޕޭޕަރސް"ގެ މައްސަލަ ބަލަން ފެށިއިރުވެސް އެ ޖަމިއްޔާގެ ފައުންޑަރ މެންބަރު ޝަހިންދާ ރާއްޖޭގައި ނޫޅޭ ކަމަށް ފުލުހުން ބުނެފިއެވެ.
މިކަމާއި ގުޅިގެން ގިނަ ބައަކު ކުރާ ސުވާލަކީ ޝަހިންދާ މިހާރު ހުރީ ޖަރުމަން ވިލާތުގައި ހުންނަ ދިވެހި އެމްބަސީގައިތޯ އާއި ރިޔާސީ ކޮމިޝަނުގެ މެންބަރުކަމުގެ މުސާރަ ދެމުން ގެންދޭތޯއެވެ؟
މިކަމާއި ގުޅިގެން ބައެއް މީހުން ސޯޝަލް މީޑިއާގައި ބުނެފައިވަނީ ވަކި މީހަކު ފިލައިގެން އުޅުމަކީ ކަންބޮޑުވާ މައްސަލައެއް ނޫން ކަމަށާއި މައްސަލަ ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ރާއްޖޭގައި އެފަދަ ކަންކަން ކުރުމުގެ ފުރުޞަތު ނުލިބޭނެ ގޮތަކަށް ކަންކަން ކޮށް ދީނީ އެއްބައިވަންތަކަމުގެ ޤާނޫނަށް އަމަލުކުރަމުން ގެންދާނަމަ މައްސަލަތައް ދާނީ ޙައްލުވަމުން ކަމަށެވެ.