މާލޭ މީހުންނަށް ގޯތި ދިނުމޭ ކިޔައިގެން ޗަރުކޭސް ނުކުޅެ ހައްލެއް ހޯދަމާ!: އިބްރާހީމް ރަޝީދު

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 35ސ
މާލޭ މީހުންނަށް ގޯތި ދިނުމޭ ކިޔައިގެން ޗަރުކޭސް ނުކުޅެ ހައްލެއް ހޯދަމާ!: އިބްރާހީމް ރަޝީދު

މާލޭ މީހުންނަށް ގޯތި ދިނުމާއި ވެރިންގެ ދުލުން ދެއްވާ ގޯތި ރައްޔިތުންނަށް ނުލިބުމަކީ ގިނަ ބައަކު އަބަދުވެސް އެންމެ ބާރަށް ވާހަކަ ދައްކަމުން އަންނަ އެއް ކަންތަކެވެ. މިއީ މި މައްސަލައިގައި ކަނޑުވައި އިބްރާހީމް ރަޝީދު ހާމަކުރައްވާފައިވާ އޭނާގެ ވިސްނުމެވެ. 

މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމުގެ ވަޢުދުތައް.  

1980 އިން ފެށިގެން ކޮންމެ ސަރުކާރެއް ވުޖޫދަށް އައީ މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމުގެ ވަޢުދު ތަކާއެކު. 

ރައީސް މައުމޫން މާލޭގެ ފަޅު ހިއްކަންފެއްޓެވީ މާލޭމީހުންނަށް ގޯތި ދޫކުރަން އިޢުލާން ކުރައްވާފަ.  ފަޅުހިއްކާ ގޯއްޗާހަމައަށް ދިއައިރު މާލޭގެ ދަފްތަރު 10 ގުނައަށް އިތުރުވި. ހިއްކެވި ބިމުން ސަރުކާރުގެ އެކިބޭނުންތަކަށް %80 ނަންގަވާ ބާކީއޮތް ބައިން ގޯތި ދޫކުރެއްވީ ދަފްތަރުގައި ވެރިކަމަށް ސަނާކިޔަން މާލޭމީހުންނަށްވި އެގްރޫޕް ތައް މާލޭމީހުންނަށް ހަދާފަ.  މާލޭގެ މަދު ބަޔަކަށް ގޯތިގެދޮރު ލިބުނު. އެއިގެ ތެރޭގަ ގިނައީ މާލޭގަ ބޮޑެތި ގޯތިތައް ހުރި މީހުންނާ ވާރުތަވާނެ ބޮޑެތި ބިންތައް ހުރި މީހުން. 

އަނެއްކާވެސް ތޮއްޖެހުން ބޮޑުވެ ވިލިނގިލިން ގޯތި ދޫކުރުމުގަވެސް ކަންކުރީ ދަފްތަރު މާލޭމީހުންނަށް %80 ލިބި އެކަންނިމުނީ. ހުޅުމާލެ ހިއްކީވެސް މާލޭ މީހުންނަށް ގޯތި ދިނުމަށް.  ގޯއްޗާ ފްލެޓާ ހަމައަށް ދެވުނުއިރު ދަފްތަރު ލައްކައިން މަތީގަ. މާލޭގެ ވިއްސަކަށް މީހުންނަށް ފިޔަވާ ހުޅުމާލެއިން ގޯއްޗާ ފްލެޓް ލިބުނީ ދަފްތަރު މާލެ މީހުންނަށް. މިހާހިސާބުން ދައުރުބަދަލުވެ 2 ވެރިކަމެއް އައިސް ރައީސް ޔާމީނުގެ ދައުރުގަ ހުޅުމާލެ 2ވަނަ ފިޔަވަހި ފައްޓާ ހިއްކުމަށްފަހު ފްލެޓް ގެ ބޮޑުމަޝްރޫޢު އެއް ފެށުމާއެކު އަނެއްކާވެސް ދަފްތަރު ތިންގުނަކޮށްލި.  ފްލެޓް ލިބުނީ ހަމަ ދަފްތަރު މާލެއަށް. ފޯމް ދޫކުރުމުގެ ސުންގަޑި  ޖެހުނުއިރުވެސް މާލޭމީހުންނަށް ވާ ކިޔޫ ދަމާލެވިފަވޭ. މި ދެންނެވުނީ 40 އަހަރުގެ މާލޭގެ މީހުންނަށް ގޯތި ދޭން ވެރިން ކުޅުއްވި "ޗަރުކޭސް" ގެ ވާހަކަ.

2018ގަ އެމް.ޑީ.ޕީ ވެރިކަމަށް ގެނައީ ވައްކަން ހުއްޓުވާ ގްރޭޓަރ މާލެ އުފައްދާ އެތަނުން މާލޭ މީހުންނަށް 10،000 ގޯތި ދޫކުރާނެ ކަމުގެ  ވަޢުދު ތަކާއެކު.

ގޯތި ދެވެން އޮތީ ހަމައެކަނި ގުޅިފަޅުން. އެހެނަސް ވެރިކަން ލިބުމާއި އެކު ރާގު ބަދަލުވެ ގުޅިފަޅު އިޢުލާނުވެގެން ދިޔައީ މާލޭ ޕޯޓް ހަދާތަނުގެ ގޮތުގަ. ތިލަފުށި ފަޅުހިއްކައިގެން ބައިނަލްއަޤްވާމީ ފެންވަރުގެ ވަރުގަދަ ޕޯޓާ ކޮންޓެއިނަރ ޓާމިނަލްއެއް ތިލަފުށީގަ ހެދެންއޮށްވާ އެގޮތަށް ނިންމެވީ ކުނި ނައްތާލުމުގެ ނިޒާމް އެހެން ގޮތަކަށް ކުރަން ޚިޔާލް ނުކުރެވުނީމަ ކަމަށް ބެލެވެ.

މީ ތިލަފަޅުގެ ހިއްކާ ސަރަހައްދުގަ ޕޯރޓް، ކޯސްޓްގާރޑް އަދި ބޯޓްޔާޑް ފަރުމާ ކުރުމުގެ ޚިޔާލެކެވެ.

ގްރޭޓަރ މާލޭގެ ވިލިނގިލި، ގުޅިފަޅު، ތިލަފުށީގެ ބްރިޖްގެ މަސައްކަތް އަންނަ އަހަރު ފަށަން އިޢުލާން ކުރަށްވާފަ ވެއެވެ.

 

ގުޅިފަޅަކީ މިހާރު ގްރޭޓަރ މާލެ ސަރަހައްދުގަ މާލެ މީހުންނަށް ގޯތި  ދެވެން އޮތް ހަމަ އެކަނި ތަނެވެ. ތިލަފަޅުގަ ވަރުގަދަ ޕޯޓެއް ހެދެން އޮށްވާ ގުޅިފަޅު ޤުރުބާންކޮށް ޕޯރޓް ހަދައިފި ނަމަ މާލޭ މީހުންނަށް ގޯތި ދެވެން އޮތް ހަމަ އެކަނި ފުރުޟަތު  ބޭކާރު ކޮށްލެވުނީއެވެ.

ގުޅިފަޅު މީހުން ދިރި އުޅެން ހިއްކުމުން.  

ސަރުކާރުގެ ވަޢުދު ފުއްދުމާ މާލޭމީހުންނަށް ގޯތި ދޫކުރުމަށް  1500 އަކަފޫޓު × 12،000 ގޯތި ލިބެއެވެ. ސަރުކާރުން މި ފުރުޟަތު ގެއްލުވާލަންވީ ކީއްވެތޯ؟

 
ކުނި އެންދުންމާ ނައްތާލުން. އުތުރު ތިލަފަޅުގަ ޤާއިމްކުރުން.


މި ތަނަށް ކުނި އެންދުންމާ ނައްތާލުން ބަދަލު ކުރުމުން ކުރިޔަށްއޮތް 50 އަހަރު ރާއްޖޭގަ އުފެދޭ ހުރިހާ ކުންޏެއް ޖަމާ ކުރިއަސް ތަނުގެ ކެޕޭސިޓީ ފިލްނުކުރެވޭނެއެވެ.

މިގޮތައް ޕްލޭން ކުރުމުން ހުރި އެޑްވާންޓޭޖް ތައް. 


1. ކޯސްޓްގާރޑް ބޭސް ޤާއިމްވުމާ ވެސަލް މޮނިޓަރިން އަށް ފަސޭހަވެގެން ދިއުން.

2. ކުނި އެންދުމަށް ދާއިމީ ޙައްލެއް ލިބިގެން ދިޔުން. 
3. ހުރިހާ ތަނެއް އެއްފަސް ވުމުން ލޮޖިސްޓިކްސް މެނޭޖްކުރުން ފަސޭހަވެ ޙަަރަދު ކުޑަކުރެވުން.

4. ކަސްޓަމްސް/ޕޯރޓްސް ތިލަފުށީގެ މިހާރުގެ ކަސްޓަަމްސް ބޮންޑެޑް ވެއަރ ހައުސްތަކާ، މުދާ ބަހައްޓާ ގުދަންތަކާ އެއްތަނަކަށް ބަދަލުވުން. (އެއްފަސްވުން).



 

 

މިއަދު އޮންލައިން