އީރާނުގެ ތެޔޮ ޓޭންކަރަށް ދިން ހަމަލާ އާ ގުޅިގެން ތެލުގެ އަގު 2% އުފުލިއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
އީރާނުގެ ތެޔޮ ޓޭންކަރަށް ދިން ހަމަލާ އާ ގުޅިގެން ތެލުގެ އަގު 2% އުފުލިއްޖެ

ސައުދިއަރަބިޔާ ކައިރިން ހުކުރު ވިލޭރޭ ފަތިހު އީރާނުގެ ތެޔޮ ޓޭނަކަރަށް ދިން މިސައިލް ޙަމަލާތަކާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި އިއްޔެ އިން ފެށިގެން ވަނީ ތެލުގެ އަގު 2% އުފުލިފައެވެ. 

ރިޕޯޓްތައް ބުނާ ގޮތުން ރޭ ފަތިހު 5.00 ގަ އާއި 5.30ގައި ވަނީ އީރާނުގެ ތެޔޮ ޓޭންކަރަށް މިސައިލް ހަމަލާދީފައެވެ. ނަމަވެސް ޓޭންކަރުގައި ހުޅު ހިފާފައެއް ނުވެއެވެ. އަދި ޓޭންކަރަށް ލިބުނު ގެއްލުން މިހާރުވަނީ މަރާމާތުވެސް ކޮށްފައެވެ. 

ރަސިއާ އިން ބުނީ ހަމަލާގެ ޒިންމާ ވަކި ފަރާތެއްގައި އަޅުވަން އަދި އަވަސް ކަމަށާއި ފުރިހަމަ ތަޙްޤީޤަކަށްފަހުގައި ނޫނީ ބަހެއް ބުނަން ބޭނުން ނުވާ ކަމަށެވެ. 

އީރާނުން ދީފާނެ ހަމަލާއަކުން ސައުދިއަރަބިޔާ ސަލާމަތްކުރުމުގެ ނަމުގައި އެމެރިކާއިން ސިފައިންނާއި ހަތިޔާރު ސައުދިއަރަބިޔާއަށް ފޮނުވާކަމުގެ ޚަބަރުތަކެއްވެސް ދަނީ ފެތުރެމުންނެވެ. އެހެންކަމުން މިއީ ސައުދިއަރަބިޔާއަށް ބިލްހަދައި ޑޮލަރުކޮޅެއް ހޯދުމުގެ އަމަލެއް ކަމަށްވެސް ބައެއް ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ.

 

މިއަދު އޮންލައިން