ނިއުޒީލެންޑުގެ ހަޓް ސިޓީގެ ކައުންސިލަށް ދިވެއްސަކު އިންތިޚާބުވެއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 43ސ
ނިއުޒީލެންޑުގެ ހަޓް ސިޓީގެ ކައުންސިލަށް ދިވެއްސަކު އިންތިޚާބުވެއްޖެ!

ނިއުޒީލެންޑުގެ ހަޓް ސިޓީ އަށް ހޮވާ 11 ކައުންސިލަރުންގެ ތެރޭގައި ދިވެއްސަކު އިންތިޚާބުވެއްޖެއެވެ.

މި އިންތިހާބުގައި ވާދަކުރެެއްވި ކެންޑިޑޭޓުންގެ ތެރެއިން ހަތަރުވަނައަށް އެންމެ ގިނަ ވޯޓު ލިބިގެން  ކައުންސިލަރުކަމަށް ހޮވިފައިވާ ދިވެސްސަކީ މިހާރު އެސިޓީގައި ދިރިއުޅުއްވާތާ 20 އަހަރު ވެފައިވާ ޝާޒްލީ ރަޝީދުއެވެ.

ހަޓް ސިޓީ ކައުންސިލަށް އަމިއްލަ ގޮތުން ކުރިމަތިލެއްވި ޝާޒްލީ އިންތިޚާބު ކާމިޔާބުކުރެވުމަށްފަހު ވިދާޅުވެފައިވަނީ ހަޓް ސިޓީގެ ކަންކަން އިތުރަށް ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ވޯޓުދިން އެ ސިޓީގެ ރައްޔިތުންނަށް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

ނިޒިލޭންޑްގައި އައިލާއާއެކު ދިރިއުޅެމުން އަންން ޝަޒްލީ އެގައުމުގައި އަންނަނީ އަމިއްލަ ވިޔަފާރިއެއް ހިންގަމުންނެވެ

ހަޓް ސިޓީގެ އާބާދީ އަކީ، 105,000 އެވެ. 

މިއަދު އޮންލައިން