އިންޓަޕޯލް އާއި ފުލުހުން ގުޅިގެން ބޭރުބޯޓުން އެތެރެކުރި މަސްތުވާތަކެތީގެ މައްސަލަ ތަހްޤީޤް ކުރަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
އިންޓަޕޯލް އާއި ފުލުހުން ގުޅިގެން ބޭރުބޯޓުން އެތެރެކުރި މަސްތުވާތަކެތީގެ މައްސަލަ ތަހްޤީޤް ކުރަނީ!

އިރާންގެ ދިދަ ނެގި ބޭރުގެ ބޯޓު އަތުލައިގަތް މަސްތުވާތަކެތީގެ މައްސަލަ އިންޓަޕޯލް އާއި ދިވެހި ފުލުހުން ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ މައްސަލައިގެ ތަހުގީގައި ފުލުހުންގެ ޑްރަގު އެންފޯސްމަންޓް ޑީޕާޓްމަންޓް (ޑީއައިޑީ)ގެ ޓީމްތަކާއެކު އިންޓަޕޯލް އިންސިޑެންޓް ރެސްޕޮންސް ޓީމަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުން ގުޅިގެން މިމަހުގެ 5 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަންގައި ހއ. ތުރާކުނުގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 172 މޭލު (27.5 ނޯޓިކަލް މޭލު) ބޭރުން، ބޭރުގެ ބޯޓެއް ތިން ގޯނީގެ 70 ޕަކެޓްގައި 70 ކިލޯ މަސްތުވާތަކެއްޗާއެކު އަތުލައިގަތެވެ. މިބޯޓުން މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރުމަށްޓަކައި ބޭނުން ކުރި ދިވެހި ދޯންޏެއްވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މިމައްސަލައިގައި ހައްޔަރުކުރި 12 މީހެއްގެ ބަންދަށް 15 ދުވަސް އަދި ދެ މީހަަކަށް ވަނީ 10 ދުވަސް ކޯޓުން ޖަހާފައެވެ.

 

މިއަދު އޮންލައިން