ގދ. ގައްދުއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ގދ. ގައްދުއަށް އެތެރެ ކުރުމުގެ ގޮތުން މީހަކާ ހަވާލުކޮށްފައިވާ އެއްޗެއްގެ ތެރޭގައި މަސްތުވާތަކެތި ހުރިކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މައުލޫމާތު ލިބުމުން، ތިނަދޫ ޕޮލިސް ސްޓޭޝަނުން ކުރި މަސައްކަތުން، މި އޮކްޓޯބަރ މަހުގެ 11 ވަނަ ދުވަހުގެ 18:12 އެހައިކަންހާއިރު މަސްތުވާތަކެތި ހުރި ޖޫސްޕެޓީ ކޮތަޅެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެއް ނުވެއެވެ.
މި މައްސަލަ ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންއެވެ