ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ހިންނަވަރު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.
މިދިޔަ ސެެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުން ފެށިގެން މިއޮކްޓޯބަރ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ސްކޫލު ކަރިކިއުލަމުގައި ހިމެނޭ ކޮންމެ ކުއްޖަކީ ފަތަން ދަންނަ ކުއްޖަކަށް ހެދުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން އެ ސްކޫލްގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
ހިންނަވަރު ޕޮލިސް ސްޓޭޝަނާއި ޅ.އަތޮޅު ތަޢުލީމީ މަރުކަޒު ގުޅިގެން ކުރިއަށް ގެންދިޔަ މިޕްރޮގްރާމުގައި އެ ސްކޫލްގެ ގްރޭޑް 1 އިން ގްރޭޑް 3 އަށް ތަޢުލީމު ހާސިލުކުރަމުންދާ 125 ދަރިވަރުން ބައިވެރިވިއެވެ. މި ޕްރޮގްރާމުގައި ދަރިވަރުން މޫދަށް އަހުލުވެރިކުރުވުމާއި ފަތަން ދަސްކޮށްދިނުމާއި މޫދުގައި އުޅޭ އިރު ސަމާލުކަން ދޭންވީ ކަންކަން ބުނެދީ ފެތުމުގެ ހުނަރުތައް ދަސްކޮށްދީފައިވެއެވެ.
މިޕްރޮގްރާމްގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން 80 އިން ސައްތަ ދަރިވަރުން ޕްރޮގްރާމް ފުރިހަމަ ކޮށްފައިވެއެެވެ.